logo
MPL

MPL

ޚަބަރު

ކުރިޔަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސްކުރުމުގައި އިދުކޮޅު ފަރާތްތަކުން ވޯޓެއް ނުދޭނެ: ނިޒާރު

އަޙުމަދު ރިޝާން
7 ނޮވެމްބަރު 2026 - 05:38
މެމްބަރު ނިޒާރު، ފޮޓޯ: މަޖިލިސް
މެމްބަރު ނިޒާރު، ފޮޓޯ: މަޖިލިސް

ކުރިޔަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސްކުރުމުގައި އިދުކޮޅު ފަރާތްތަކުން ވޯޓު ނުދޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ އުތުރު ދާއިރާ މެމްބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ބޭނުންވަނީ ސަރުކާރު ހިންދަމާލިޔަ ނުދީ ރައްޔިތުންނަށް ހިދުމަތެއްނުދެވޭނެ ގޮތަކަށް ކަންކަން ކުރަންކަމަށެވެ. ރައްޔިތުން މަޖިލިސް ފަށަން ވެސް ޖެހެނީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ހުށަހަޅާ ވަރަށް ބޭކަރު މަސައްކަތްތަކުން ކަމަށް ވެސް ނިޒާރު ސިފަކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގައުމު ހަލަބޮލިކުރުމަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި، ސަރުކާރުންކުރާ ރަނގަޅު ކަންކަމަށް އިދކޮޅު ފަރާތްތަކުން އެއްބާރުލުންދޭން ޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ. ނިޒާރު ވިދާޅުވީ ސަރުކާރުން ގޯހުން ކަމެއް ކުރާނަމަ އެކަމާ މަޝްވަރާކުރުން މުހިއްމު ކަމަށެވެ.

ފޭދޫ ދާއިރާ މެމްބަރު ނިޒާރު ވިދާޅުވީ އިދިކޮޅު ފަރާތަކަށްވީތީ ސަރުކާރުންކުރާ ހުރިހާ ކަމަކާ ދެކޮޅު ހެދުމުގެ ސިޔާސަތެއް ގެންގުޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެފަދަ ވިސްނުމެއްގައި މަސައްކަތް ކުރުމުން ތަރައްގީގެ ދުވެލި މަޑުޖެހޭ ކަމަށާއި އެއީ އިދިކޮޅުން ރަނގަޅު ކުރަންޖެހޭ ކަމެއް ކަމަށް ވެސް ނިޒާރު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިޔަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސްކުރުމުގައި އިދުކޮޅު ފަރާތްތަކުން ވޯޓެއް ނުދޭނެ: ނިޒާރުޚަބަރު | 21 މިނިޓު ކުރިންއެމްޑީޕީ މެމްބަރުން ބިލަށް ވާހަކަ ދައްކަވަނީ ބިލުގައި އޮތް އެއްޗެއް ވިދާޅުނުވެ: ނިޒާރުޚަބަރު | 4 މަސް ކުރިން