logo
MPL

MPL

ޚަބަރު

އެމްޑީޕީ މެމްބަރުން ބިލަށް ވާހަކަ ދައްކަވަނީ ބިލުގައި އޮތް އެއްޗެއް ވިދާޅުނުވެ: ނިޒާރު

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖޫން 2026 - 02:48
މެމްބަރު ނިޒާރު، ފޮޓޯ: މަޖިލިސް
މެމްބަރު ނިޒާރު، ފޮޓޯ: މަޖިލިސް

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން' ބިލަށް ބަހުސްކުރެއްވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވާހަކަދައްކަވަނީ އެ ބިލުގައި އޮތް އެއްޗެއް ބައްލަވައި ވިދާޅުނުވެ ކަމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، އިދިކޮޅު މެންބަރުން ބިލާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކުން އެ ބޭފުޅުން ބިލު ވިދާޅުވެފައި ނެތްކަން ސާފުވާ ކަމަށެވެ. ވަކިން ހާއްސަކޮށް، ބިލުގެ އެއްވެސް ހިސާބެއްގައި އީ-ވޯޓިންގްގެ ވާހަކައެއް ނެތް ނަމަވެސް، އިދިކޮޅު މެންބަރުން އެ ވާހަކަ ދައްކަވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިޒާރު ވިދާޅުވީ މި ބިލަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ބިލެއް ނޫން ކަމަށާއި، މިއީ ރާއްޖެ 'ޑިޖިޓަލް ފަސްޓް' ގައުމަކަށް ހެދުމަށް ކުރާ ދަތުރަށް ލިބޭ ގާނޫނީ ބާރުވެރިކަމެއް ކަމަށެވެ. އަދި މި ބިލުގެ އެންމެ ބޮޑު އެއް މަގުސަދަކީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު ރާއްޖޭގެ ރައްޔިތަކު ސަރުކާރުގެ އޮފީހަކުން ޚިދުމަތެއް ބޭނުންވެއްޖެ ނަމަ އެ މީހާއަށް އެބައޮވޭ އެ އޮފީހެއްގެ ނުވަތަ އެ މިނިސްޓްރީއެއްގެ އެ މީހާ ދަންނަ ކޮންމެވެސް ރައްޓެހި ރަޙުމަތްތެރިޔަކަށް ގުޅާލައިގެން އެ މީހަކަށް ލިބިފައި އިންނަ ނުފޫޒާއި ބާރު ބޭނުންކޮށްގެން ކަންތައް ފަސޭހައިން ކޮށްލެވޭނެ މަގު މިއަދު މި މެނުއަލް ޕްރޮސެސްތަކުގެ ތެރެއިން ފުރުޞަތު ލިބިފައި އެބަ އޮތް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލް ނިޒާމަކަށް ބަދަލުވުމުން ޚިދުމަތަށް އެދޭ ހިސާބުން ފެށިގެން ނިމެންދެން ހުރިހާ ކަމެއް ދެފުށް ފެންނަ ގޮތަށް އޮންނާނެއެވެ. އަދި މީގެ ސަބަބުން މުވައްޒަފުން ކުރާ ކަންތައްތަކުގެ ހެކި ހުންނާނެތީ، ނުފޫޒު ބޭނުންކުރުމުގެ ފުރުސަތު ބަންދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނަން ބޭނުންވާ ނަޒާހަތްތެރި ވެރިކަމުގެ މުހިންމު ބައެއްގެ ގޮތުގައި ސިފަކުރައްވަމުން، ނިޒާރު ވިދާޅުވީ މިފަދަ ގާނޫނެއް މީގެ ކުރިން ރާއްޖޭގައި ހެދިފައި ނެތުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. މި ބިލުގެ ސަބަބުން ކޮންމެ ރައްޔިތަކަށްވެސް ހުރި ތަނަކުން ޑިޖިޓަލްކޮށް ޚިދުމަތް ލިބޭނެ މަގު ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިޔަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ފާސްކުރުމުގައި އިދުކޮޅު ފަރާތްތަކުން ވޯޓެއް ނުދޭނެ: ނިޒާރުޚަބަރު | 35 މިނިޓު ކުރިންބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 3 ދުވަސް ކުރިންމިނިސްޓަރު ސައީދަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންއިދިކޮޅުގެ ފާޑުކިޔުންތަކަށް ސަޢީދުގެ ރައްދު: "ބަންކަރިން ހިދުމަތުން 90 މިލިއަން ޑޮލަރު ލިބިއްޖެ"ޚަބަރު | 3 ދުވަސް ކުރިން