logo
MPL

MPL

ޚަބަރު

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބި، އެކަކަށް އަނިޔާ ވެއްޖެ

އަޙުމަދު ރިޝާން
7 ނޮވެމްބަރު 2026 - 07:40
ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބި، އެކަކަށް އަނިޔާ ވެއްޖެ

ށ. ޅައިމަގަށް މިއަދު ހެނދުނު އެރި ބާރުގަދަ ނަގޫރޯޅިއަކާއެކު، ރަށުގެ ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެކަކަށް އަނިޔާ ވެއްޖެ އެވެ.

މި ހާދިސާގައި ވިއްސައިގެންދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯފަޅައިގެން ގޮސް، މިހާރު އަންނަނީ ފަރުވާދެމުންނެވެ. ޅައިމަގު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މިއަދުގެ ހެނދުނު 6:45 ހާއިރު އެ ރަށަށް އެރި މި ނަގޫރޯޅީގެ ސަބަބުން 25 އަށް ވުރެ ގިނަ ގެއަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ. އަދި ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފަ އެވެ. ނަމަވެސް މިހާރު އެ ވިލާގަނޑުގެ އަސަރު ކެނޑިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާގައި 4 ވަރަކަށް ގޭގެ ފުރާޅު މުޅިން ހަލާކުވެ، ބައެއް ގުދަންތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިހާރު އެންޑީއެމްއޭއާއި ޅައިމަގު ކައުންސިލް ގުޅިގެން، ގެއްލުން ލިބުނު ސަރަހައްދުތައް ބަލައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާ މި ދުވަސްވަރު، ކަނޑުދަތުރުކުރުމާއި މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބި، އެކަކަށް އަނިޔާ ވެއްޖެޚަބަރު | 14 މިނިޓު ކުރިންޅައިމަގު ބޯޓެއްގެ ތެރޭގައި ލުތުފަރު މަރާލި މައްސަލަ ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެޚަބަރު | 4 މަސް ކުރިން