ފުރާވަރުގެ އަންހެން ކުދިންނަށް ކޮންމެހެން ބޭނުންވާ ގިނަ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ސެޝަނެއް ހދ.ނައިވާދޫގައި ކުރިޔަށް ގެންގޮސްފި
8 ނޮވެމްބަރު 2026 - 17:28

ފުރާވަރުގެ އަންހެން ކުދިންނަށް ކޮންމެހެން ބޭނުންވާ ގިނަ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ސެޝަނެއް ހދ.ނައިވާދޫގައި ކުރިޔަށް ގެންގޮސްފިއެވެ.
ހދ.ނައިވާދޫ ޞިއްޙީ މަރުކަޒާއި، ނައިވާދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ނައިވަދޫ ސްކޫލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން، ކުރިޔަށް ގެންދިޔަ މި ސެޝަންގައި ފުރާވަރު ޢުމުރުފުރާގެ އަންހެން ކުދިންގެ އިތުރުން 18 އަހަރުން މަތީގެ ބޭފުޅުންނަށް ވަކި ޚާއްސަ ސެޝަނެއްވެސްވަނީ ކުރިޔަށް ގެންގިސްފައެވެ.
.png&w=750&q=75)
Ad by Hajj Corporation

18 އަހަރުން މަތީގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށް ގެންދިޔަ ސެޝަންގައި މަޢުލޫމާތު ދީފައިވަނީ އުރަމަތީގެ ކެންސަރާ ގުޅޭގޮތުންނެވެ.މި ސެޝަންތަކުގައި މަޢުލޫމާތު ދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް ސަމީނާ މުޙައްމަދާއި ޑޮކްޓަރ ޚަދިޖާ ޢަބްދުﷲ އަދި ރަޖިސްޓަރޑް ނަރސް އާމިރާ މުޙައްމަދެވެ. މި ސެޝަންތަކުގެ ބައިވެރިން ބުނެފައިވަނީ މިސެޝަންތަކުން ވަރަށްވެސް މުހިއްމު މަޢުލޫމާތު ތަކެއް ލިބިގެންދިޔަކަމަށެވެ. އަދި މި ސެޝަންތަކުން ލިބިގެންދިޔަ މުހިއްމު މަޢުލޫމާތުތަކަކީ މުޖުތަމަޢުއަށް ގިނަގުނަ ފައިދާތަކެއްކުރާނެ މަޢުލޫމާތު ތަކެއްކަމަށެވެ. 
އެކަމުގެ ހެޔޮބަދަލު އާންމު ދިރިއުޅުމުން ފެންނާނެ ކަމަށެވެ. ނައިވާދޫ ސިއްޙީ މަރުކަޒުން ބުނެފައިވަނީ މިފަދަ މުހިންމު ސެޝަންތަކެއް ގެންދިއުމުގައި އެތައްބައިވަރު މަޤްޞަދުތަކެއް ހިމެނޭ ކަމަށެވެ. އެމަޤްޞަދުތައް ޙާސިލްވާކަން އެނގޭނީ ސެޝަންތަކުން މަޢުލޫމާތު ހޯދި ބައިވެރިން މުޖުތަމަޢުގައި އެމަޢުލޫމާތުތައް ބޭނުންކުރާ މިންވަރު ދެނެގަނެވުމުންނެވެ. 
މި ސެޝަންތައް ކާމިޔާބު ކަމާއިއެކު ނިންމާލުމުގައި މި ސެޝަންގައި ބައިވެރިވި އެންމެހާ ބައިވެރިންނަށާއި މި ސެޝަންތަކުގައި މަޢުލޫމާތު ދެއްވި ބޭފުޅުންގެ އިތުރުން، މި ސެޝަންތައް ކުރިއަށް ގެންދިޔުމަށްޓަކައި ނައިވާދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ނައިވާދޫ އ.ތ.މ ކޮމިޓީގެ އެންމެހާ މެމްބަރުންނާއި ކައުންސިލް މުވައްޒަފުންގެ އިތުރުން ނައިވާދޫ ސްކޫލްގެ މުވައްޒަފުންނަށް އެފަރާތުންވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

-01.jpg&w=3840&q=75)
