logo
MPL

MPL

ޚަބަރު

ބިން ހިއްކުމުގެ މަޝްރޫއުތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ފަދަ ވިޔަފާރީގެ އޮނިގަނޑެއްގެ އެކުލަވާލަންޖެހޭ: ނިޔާޒީ

އަޙުމަދު ރިޝާން
10 ނޮވެމްބަރު 2026 - 12:08
ބިން ހިއްކުމުގެ މަޝްރޫއުތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ފަދަ ވިޔަފާރީގެ އޮނިގަނޑެއްގެ އެކުލަވާލަންޖެހޭ: ނިޔާޒީ

 ރާއްޖޭގައި ބޮޑު ހަރަދުކޮށްގެން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކަކީ ދިގުމުއްދަތަކަށް ދެމެހެއްޓެނިވި، އަދި ދައުލަތަށް އާމްދަނީ ލިބޭނެ ފަދަ ވިޔަފާރީގެ އޮނިގަނޑެއްގެ ތެރެއިން ހިންގަންޖެހޭ މަޝްރޫއުތަކަކަށް ހަދަންޖެހޭ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކުން ބިން ހިއްކުމުގެ 70 މަޝްރޫއު ހިންގާފައިވެއެވެ. އެގޮތުން ރަސްމާލެ މަޝްރޫއު ނުހިމަނައި މި މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 19 ބިލިއަން ރުފިޔާ ހަރަދުކޮށް، 2،500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، ބޮޑު ބިމެއް ހިއްކި ނަމަވެސް ފެނާއި، ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ އުމްރާނީ ވަސީލަތްތައް ގާއިމުނުކުރެވުމުގެ ސަބަބުން، މީހުން ދިރިއުޅުމަށާއި ސިނާއީ ބޭނުންތަކަށް އެ ބިންތައް ބޭނުންނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. ކޮމާޝަލް ކޮމްޕޯނެންޓެއް ނުވަތަ ވިޔަފާރީގެ އޮނިގަނޑެއް ހިމަނައިގެން ނޫނީ މިފަދަ މަޝްރޫއުތައް ފީސިބަލްކޮށް ނުހިންގޭނެ ކަމަށާއި، އެހެންނޫނީ ހިއްކާ ބިންތައް ހަމަ ހުންނާނީ ބޭނުންނުކުރެވި، ރަންގަނޑެކޭ ހިލަގަނޑެކޭ އެއްވަރުވާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން، މީގެ ކުރިން ހިންގި މަޝްރޫއުތަކުގައި ވިޔަފާރި އުސޫލުތައް ހިމެނުނުނަމަ، ހަރަދުވި 19 ބިލިއަން ރުފިޔާގެ 80 އިންސައްތައާ ހަމައަށް ދައުލަތަށް އަނބުރާ ހޯދުނީސް ކަމަށާއި، މިހާރުވެސް ބޭނުންނުކުރެވި ހުރި މި ބިންތަކުގެ ވިޔަފާރި އަގު 15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަސްމާލެ މަޝްރޫއުގެ މާސްޓާ ޕްލޭންގައި ދައުލަތަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ފަދަ ރިއަލް އެސްޓޭޓް އަދި ވިޔަފާރި ބައިތައް ހިމަނާފައިވާ ކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހިންގާ ބިން ތަރައްގީކުރުމުގެ މަޝްރޫއުތައް ރާވަންވާނީ ދެފުށް ފެންނަ ގޮތަށް އަދި ދައުލަތަށް އިގްތިސާދީ ގޮތުން ސީދާ ފައިދާ ލިބޭނެ ފަދަ ސްޓްރެޓީޖިކް އުސޫލުތަކަކަށް ކަމަށް އޮޑިޓަރ ޖެނެރަލް ބާރުއަޅުއްވާފައިވެއެވެ.

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިން ހިއްކުމުގެ މަޝްރޫއުތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ފަދަ ވިޔަފާރީގެ އޮނިގަނޑެއްގެ އެކުލަވާލަންޖެހޭ: ނިޔާޒީޚަބަރު | 23 މިނިޓު ކުރިންއޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތުގެ %50 ނިމިއްޖެޚަބަރު | މަހެއް ކުރިން