logo
MPL

MPL

ޚަބަރު

އިންޑިއާގެ ވިސާ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އުސޫލުތައް ހަރުކަށިކޮށްފި

އައިމިނަތު ސަދާނާ
12 ނޮވެމްބަރު 2026 - 07:52
އިންޑިއާގެ ވިސާ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އުސޫލުތައް ހަރުކަށިކޮށްފި

އިންޑިއާގެ އިމިގްރޭޝަން ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ގައުމަށް އެތެރެވުމުގައި އަމަލުކުރަމުންދާ އިދާރީ މަރުހަލާތައް ލުއިފަސޭހަކުރުމުގެ ގޮތުން ވިސާ ދޫކުރުމުގެ އުސޫލުތަކަށް އެ ގައުމުގެ ސަރުކާރުން ބޮޑެތި އިސްލާހުތަކެއް ގެނެސްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ގެނައި މި ބަދަލުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، މީގެ ކުރިން އޮތް 13 ވިސާ ކެޓަގަރީގެ ބަދަލުގައި، އެ އަދަދު 9 ކެޓަގަރީއަކަށް މަދުކޮށް އެއްކޮށްލުމެވެ. މީގެ އިތުރުން، އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރަ މުން އައި ޓޫރިސްޓް ވިސާގެ ނަން މިހާރު ވަނީ "ވީ-1 ވިޒިޓާ ވިސާ" ގެ ނަމަށް ރަސްމީކޮށް ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާ އުސޫލުތަކާއެކު ދަތުރުފަތުރުގެ ގަވާއިދުތައް ކުރިއަށްވުރެ ހަރުކަށިވެފައިވާއިރު، ހާއްސަކޮށް ވިޔަފާރިއާއި ބޭސްފަރުވާގެ އެކި ބޭނުންތަކަށް އެ ގައުމަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ވަކި ހާއްސަ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ވިސާއަށް އެދި ފޯމު ހުށަހަޅާ ވަގުތު، ދަތުރުކުރާ އަސްލު ބޭނުމާއި މަގުސަދު އެއްވެސް އޮޅުމެއްނެތި، ސާފުކޮށް ބަޔާންކުރުމަކީ މިހާރު މަޖުބޫރު ކަމެކެވެ.

އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި އިސްލާހުތަކުގެ މައިގަނޑު މަގްސަދަކީ އެ ގައުމުގެ އިމިގްރޭޝަން ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށް، ގައުމަށް އެތެރެވާ ބޭރު މީހުން މޮނީޓާކުރުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމެވެ. މި ބަދަލުތަކާއެކު، އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވެސް ވިސާގެ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުމުގައި އިތުރަށް ސަމާލުވާންޖެހޭނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ވިސާ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އުސޫލުތައް ހަރުކަށިކޮށްފިޚަބަރު | 8 ދުވަސް ކުރިން 30 ބިލިއަން ރުޕީސްގެ ސްވަޕް އަނބުރާ ދެއްކުން އިންޑިއާއިން ފަސްކޮށްދީފިޚަބަރު | މަހެއް ކުރިންފައިސާގެ އަގު ދަށްވުމާއި ވިސާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އިންޑިއާ ކިޔަވާ ކުދިން ދެވަނަ ވިސްނުމަކަށްދުނިޔެ | 5 މަސް ކުރިންއިމްތިހާނު ކަރުދާސް ލީކުވި މައްސަލައިގައި އިންޑިއާއިން ޓެލެގްރާމް ބްލޮކްކޮށްފިދުނިޔެ | 5 މަސް ކުރިން