logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

މިވެރިކަމުގައި ލ މާބައިދޫގެ ޕޮރޮޖެކްޓްތައް ނިމުން އެއީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން - ކައުންސިލްގެ ރައީސް

އިޙުސާނާ އިބްރާހީމް
13 ނޮވެމްބަރު 2026 - 05:21
މިވެރިކަމުގައި ލ މާބައިދޫގެ ޕޮރޮޖެކްޓްތައް ނިންމުން އެއީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން - ކައުންސިލްގެ ރައީސް

ރައީސް މުޢިއްޒުގެ މިވެރިކަމުގައި ލ މާބައިދޫގެ ޕޮރޮޖެކްޓްތައް ނިންމުން އެއީ މާބައިދޫގެ ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު އެއް ހިތްހަމަޖެހުން ކަމުގައި އެރަށު ކައުންސިލްގެ ރައީސް ޙަސަން ޢާދިލް ވިދާޅުވެއްޖެއެވެ.

މާބައިދޫ ކައުންސިލްގެ ރައީސް ޙަސަން ޢާދިލް މިހެން ވިދާޅުވީ މެންދުރު ޓީވީން ގެންނަ "ރަށަށް ބާރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އާދިލް ވިދާޅުވީ އެންމެ ބޮޑަށް އުއްމީދުކުރާ ދާއިރާތަކަކީ ތަޢުލީމާއި ސިއްޙަތު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ އުއްމީދުކަމަށެވެ. އެކަމަށް މިސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. މިވަގުތުވެސް މަލްޓިޕާޕަސް ހޯލް ނިންމާ އެތަނުގެ ބޭނުން ހިފޭނެ ދުވަހެއް ފެނުމަކީ ކުރައްވާ އުއްމީދެއް ކަމަށާއި، ފުލުހުންގެ ޢިމާރާތް އެޅުމަށްވެސް ކައުންސިލުން ބިމެއް ދޫކޮށްފައިވާނޭ ކަމަށާއި އެތަނުގެ މަސައްކަތް ކުރިޔަށް ނުދާކަމަށާއި ރޯދައިގެ ކުރިން އެމަސައްކަތްވެސް ނިމުމަކީ އުއްމީދެއްކަމަށެވެ. ވަކީން ޚާއްސަކޮށް މާބައިދޫ ކައުންސިލްއިދާރާ ހިންގަމުން އަންނަ ޢިމާރާތަކީ ވަރަށް ބޮޑަށް ބާވެފައިވާ ޢިމާރާތެއްކަމަށާއި، އަދި މިކަމަކީ މިހާތަނަށް އެއްވެސް ސަރުކާރުން މިހާތަނަށް އަޅާލާފައިނުވާ ކަމެއް ކަމުގައެވެ. އެހެން ނަމަވެސް 2025 ވަނަ އަހަރުގެ އޮގަސްޓްމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާބައިދައަށް ވަޑައިގެން މުއައްސަސާތަކުގެ ވެރިންނާއެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެކަން ރައީސަށް ހުށަހަޅާފައިވާނޭ ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިދާރާ ތަކުގެ ތެރޭގައި މާބައިދޫ ކައުންސިލް ހިމެނޭ ކަމަށާއި، ޢިއުލާން ކުރުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް އެކަމާ ގުޅިގެން ކުރިޮޔަށް ނުދާކަމަށާވެ. ނަމަވެސް ރައީސް މުއިއްޒުގެ ދައުރު ނިމުމުގެ ކުރިން އެކަންވެސް ވުމަކީ މާބައިދޫގެ ރައްޔިތުން ކުރާ އުއްމީދެއްކަމަށެވެ. ހަމަ އެހެންމެ ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުން ދިގުލައިގެން ނުގޮސް ޒުވާނުންނަށް އެތަންތަނުގެ ބޭނުން ހިފޭނެގޮތް ވީ އެންމެ އަވަހަކަށް ހަމަޖެހުމަކީ މާބައިދޫގެ ޒުވާނުން ދެކެމުން އަންނަ އެންބޮޑު އެއް ހުވަފެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާބައިދޫގައި ޢިމާރާތްކުރި އައިސްޕްލާންޓްގެ މަސައްކަތް މިހާޜު އެއްކޮށް ނިމިފައިވާކަމަށާއި، މާބައިދޫގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ދާދި އަވަހަށް ޖަނަރޭޓަރެއް އެރަށް ގެންދިއުމަށްވެސް މިހާޜު ހަމަޖެހިފައިވާކަމަށެވެ. މިސަރުކާރުން ކޮށްދެއްވަން ވަޢުދުވެ ވަޑައިގެންފައި ހުރި ކަންކަން އެއްކޮށް ނިމިއްޖެނަމަ އެއީ އެއްސަރުކާރަކުން މިހާތަނަށް މާބައިދޫގެ ތަރައްޤީއަށް އެންމެ ގިނަ ކަންކަން ކޮށްދެއްވި ސަރުކާރަށް މި ސަރުކާރު ވެގެން ދާނެކަމަށްވެސް މާބައިދޫ ކައުންސިލްގެ ރައީސް ޙަސަން ޢާދިލް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިވެރިކަމުގައި ލ މާބައިދޫގެ ޕޮރޮޖެކްޓްތައް ނިންމުން އެއީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން - ކައުންސިލްގެ ރައީސްޚަބަރު | 2 ގަޑިއިރު ކުރިން