logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ފަށަނީ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
13 ނޮވެމްބަރު 2026 - 12:06
މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ފަށަނީ

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ އެޑިޝަން 14 ނޮވެމްބަރު 2026 ގައި ޑުސިޓްޑީ2 ފޭދޫގައި ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އޮފީހުން ބުނެފި އެވެ.

މި ފައިނޭންސް ފޯރަމްގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި ރާއްޖޭގެ މާލީ މުސްތަޤުބަލާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މާލީ ދާއިރާގެ މާހިރުންނާއި، ސަރުކާރުގެ މަންދޫބުންނާއި، ރެގިއުލޭޓަރުން އަދި ވިޔަފާރިވެރިން ބައިވެރިވުމަށް ވަނީ ނިންމާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ މި ފޯރަމް އިންތިޒާމް ކުރަނީ މޯލްޑިވްސް ޕެންޝަން އޮފީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެންނެވެ. މި އަހަރު މި ފޯރަމްގެ ޝިއާރަކީ"ގްރީން ފައިނޭންސް: އަންލޮކިންގ ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" އެވެ.

މި ފޯރަމްގައި މައިގަނޑު ގޮތެއްގައި ބަލާލާނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުން، ގްރީން ފައިނޭންސާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން އިތުރުކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ.

މި ފރޯރަމްގައި ޚާއްޞަކޮށް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އުމްރާނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކަށް ސަރުކާރާއި އަމިއްލަ ދާއިރާގެ އިންވެސްޓްމަންޓްތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް މި މަޝްވަރާތަކުގައި އަލިއަޅުވާލުމަށް ވަނީ ނިންމާފަ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ ފަށަނީޚަބަރު | ގަޑިއިރެއް ކުރިން