logo
Bank of Maldives

Bank of Maldives

ޚަބަރު

އޭސީސީން ބަލަންޖެހޭ ކިތަންމެ ކަމެއް އައި.ބީ.އެމްގައި އެބަހުރި: އެމްޑީ ޖިނާން

އާމިނަތު ޝަފާ
25 އޮކްޓޯބަރު 2024 - 06:51
އެމްޑީ ޖިނާން
އެމްޑީ ޖިނާން

ކުރީ ސަރުކާރު ނިމުނުއިރު ކުންފުނީގެ ހާލަތު ދަށްކަމަށާއި މިހާރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިގެން ބަލަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަމަށް އައިލެންޑް ބޭވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖިނާން ޖަލީލް ވިދާޅުވެއްޖެއެވެ.

އެމްޑީ ޖިނާން މިފަދައިން ވިދާޅުވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމޔުގައި ކުންފުނީގެ ހާލަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީ ވިދާޅުވީ އައިބީއެމްވެސް އޮތީ އެހެން ކުންފުނިތައް އޮތް ހާލަތުގައިކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

" އޭސީސީން މާދަމާ ވަނަސް ތަހުގީގުކުރެވޭނެ އަދި މައްސަލަ ހުށަހެޅިއަސް ބެލޭނެ ކަންކަން އެބަހުރި ކުންފުނީގެ ތެރޭގައި ހިންގާފައި. ވަކި ކަމެއް ދަންނަވާކަށް ނެތިން. އެކަމަކު މިހާކަތުން އަރައިގަތުމަށް މިދަނީ މަސައްކަތްކުރަމުން. ވަރަށް ގާބިލު މުވައްޒަފުން ތިބީ. އެހެންވީމަ އެ މުވައްޒަފުންނާ އެކުގައި ކުންފުނި ފައިދާގައި ހިންގުމަށް މަސައްކަތްކުރަމުން މިދަނީ".

އައިލެންޑް ބޭވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ފެންކުންފުނި- އެމްޑަބުލިއުއެސްސީގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެކެވެ.

ފެން އުފެއްދުމާއި، ރައްކައުކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުންކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 3 ދުވަސް ކުރިންކުޅުދުއްފުށީ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100އިންސައްތަ އިރުގެ ހަކަތައަށް ބަދަލުކުރަނީޚަބަރު | 5 މަސް ކުރިންކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 5 މަސް ކުރިން2025ގެ ނިޔަލަށް މާލޭގެ ހުރިހާ ޕަމްޕްސްޓޭޝަންއެއްގައި ވައިސާފުކުރާ ނިޒާމް ހަރުކޮށް ނިންމަނީޚަބަރު | 10 މަސް ކުރިން