logo
MPL

MPL

ޚަބަރު

ރީތި އަޚުލާޤުން މުޖުތަމަޢު ޒީނަތްތެރިވެފައިވުމަކީ ޤައުމެއް ކުރިއަރައިފައިވާ ކަމުގެ ފުރިހަމަ ނިޝާން: ޚުތުބާ

އައިޝަތު ނަޝާ
20 ނޮވެމްބަރު 2026 - 07:25
ރީތި އަޚުލާޤުން މުޖުތަމަޢު ޒީނަތްތެރިވެފައިވުމަކީ ޤައުމެއް ކުރިއަރައިފައިވާ ކަމުގެ ފުރިހަމަ ނިޝާން: ޚުތުބާ

ރިވެތި އަޚުލާޤުން މުޖުތަމަޢު ޒީނަތްތެރިވެފައި ވުމަކީ، ތަހުޒީބީ ގޮތުން ޤައުމެއް ކުރިއަރައިފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެްޖެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިއަދު އިއްވުނު ޚުތުބާގެ މައުޟޫ އަކީ "އިސްލާމް ދީނަކީ ރިވެތި އަޚުލާޤުގެ ދީން" އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މުސްލިމުންނަކީ އެންމެ މަތިވެރި ޙަޟާރަތާއި ޘަޤާފަތުގެ އަހުލުވެރީންކަމަށާއި، އެ ރީތިކަމަކީ މުސްލިމުންގެ ޙަޔާތުގެ ހުރިހައި ދާއިރާއަކަށް ފެތުރިފައިވާން ޖެހޭނޭ ރީތި ކަމެއްނަމަވެސް މިއަދު އެ ކަން އޮތީ އެ ގޮތަކަށް ނޫން ކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. މިއަދު މާއްދީ ގޮތުން މުސްލިމުން ވެސް ތިބީ ކުރީގައި ކަމަށާއި،މުސްލިމުން ޞިއްޙަތާއި، ޓެކްނޮލޮޖީއާއި، ތަޢުލީމީ ރޮނގުން ކުރިއެރި ނަމަވެސް، އަޚުލާޤީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ކުރިއަރައިފައިވާ ބައެއްކަމަކަށް ނުބެލެވޭނެ ކަމަށް ވިދާޅުވިއެވެ.

މުސްލިމުންގެ ފަޚުރުވެރި މާޒީގައި ފައިދާހުރި ޢިލްމާއި ފަންނާއި ހުނަރުތަކުގައި ކުރިއަރައިދިޔަ ފަދައިން، އަޚުލާޤީ ގޮތުން ވެސް ކުރިހޯދާފައވާ ކަމަށާއި، މިއަދު ވެސް މުސްލިމުން މަސައްކަތްކުރާން ޖެހޭނީ އެ ގޮތަށް ކަން ފާހަގަކުރެއްވިއެވެ.

"ރިވެތި އަޚުލާޤީ ސިފަތަކުގެ ތެރޭގައި ތިމާއަށް އަޑުއިވޭ ހެޔޮ ބަސްތައް ކަނުލައި އަޑުއެހުން ވޭ. އެގޮތުން ހުކުރު ޚުޠުބާއަކީ އެ އިރެއްގައި ހުރި އެންމެ މުހިންމު މަސްއަލަތަކާ މެދު މުސްލިމުންނަށް އިރުޝާދުދޭ ވަރަށް މުހިންމު ޚިޠާބެއް. ހުކުރު ޚުޠުބާ ކަނުލައި އަޑުއެހުމާއި، ޚުޠުބާގައި ވާހަކަދައްކާ މައުޟޫޢަކަށް ފަރުވާތެރިވެ، ސަމާލުކަންދިނުމަކީ ހުކުރުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް"

ޚުތުބާގައި އިތުރަށް ވިދާޅުވީ،އިސްލާމް ދީނުގައި އަޚުލާޤީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަންލިބޭ، ސިފަތަކެއްކަމަށްވާ އިރު، ބައެއްމީހުންގެ ކިބައިން އެ މާތް ސިފަތައް ނުފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

އަދި އިސްލާމީ އަޚުލާޤުގެ މުހިންމު ސިފަތަކުގެ ތެރޭގައި  ކެތްތެރިކަމާއި ބަސްމޮށުމާއި މީހުންނާ މުޢާމަލާތުކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުން ހިމެނޭކަމަށާއި،ކެތްތެރިކަމަކީ ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފުސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭ ސިފައެއްކަމަށް ވިދާޅުވިއެވެ. އަދި މުސްލިމުން އެ ސިފަ ލިބިގަތުމަށް ކީރިތި ޤުރްއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައި ވެއެވެ.

"ބައެއް ފަހަރު އަތްމަތި ތަނަވަސްވޭ. އަނެއްބައި ފަހަރު ދަތިޙާލުގައި އުޅޭން ޖެހޭ. އަދި އަހަރެމެން ލޯބިވާ ދަރީންނާއި، މުދަލާއި، ގެދޮރު އަހަރެމެންގެ ލޯމަތީގައި ސަލާމަތުން ހުންނަ ފަހަރު އަންނައިރު، ދިމާވާ ޙާދިޘާއެއްގައި މި ހުރިހައި އެއްޗެއް ނެތި ފަނާވެސް ވޭ. ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭ އިރު އަނެއްބައި ފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވޭ.މި ކަންކަމަކީ الله تَعَالَىގެ އިމްތިޙާނުތަކެއް. އަހަރެމެން ޖެހޭނީ މި އިމްތިޙާނުތަކުން ފާސްވާން"

އަތްމަތި ދަތިވެ، ބަނޑުހައިހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުން ނުހަނު ބުރަ މަސައްކަތުން ހޯދައިފައި ހުންނަ މުދައު ފޭރި، ވަގަށްނެގުމަކީ ހުއްދަވާނޭކަންކަމެއް ނޫން ކަމަށާއި، އިސްލާމްދީނަކީ އެންމެ މާތް ދީންކަމުގައިވީ އިރު އިސްލާމީ ބައެއް މުޖުތަމަޢުތަކުން މިއަދު މި ފެންނަ އަޚުލާޤީ މިންގަނޑުން ދަށް، ނޭދެވޭ ސިފަތަކަކީ އެ މާތް ދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިކުރުވައިފާނޭ ކަމެއް ކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރީތި އަޚުލާޤުން މުޖުތަމަޢު ޒީނަތްތެރިވެފައިވުމަކީ ޤައުމެއް ކުރިއަރައިފައިވާ ކަމުގެ ފުރިހަމަ ނިޝާން: ޚުތުބާޚަބަރު | 2 ގަޑިއިރު ކުރިންޤުރުއާން ހިތުދަސްކޮށް އިތުރު ޖީލަކަށް ފޯރުކޮށްދިނުމަކީ ސަދަގާތެއް: ޚުތުބާޚަބަރު | އަހަރެއް ކުރިންބުއްދިއަށް ގެއްލުންވެދާނެ އެންމެހައި ކަންކަން ދީނުގައި ވަނީ ނަހީކުރައްވާފަ: ޚުތުބާ ޚަބަރު | އަހަރެއް ކުރިން