logo
MPL

MPL

ޚަބަރު

ބުއްދިއަށް ގެއްލުންވެދާނެ އެންމެހައި ކަންކަން ދީނުގައި ވަނީ ނަހީކުރައްވާފަ: ޚުތުބާ

ޝަހްޒާ މުހައްމަދު
25 ޖުލައި 2025 - 11:01
ބުއްދިއަށް ގެއްލުންވެދާނެ އެންމެހައި ކަންކަން ދީނުގައި ވަނީ ނަހީކުރައްވާފަ: ޚުތުބާ

ބުއްދިއަށް ނުބައި އަސަރު ކުރާ ކަންކަން އިސްލާމްދީނުގައި ވަނީ ނަހީކުރައްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ބުއްދި ހިމާޔަތްކުރުން"، މި މައުޟޫއުގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚުތުބާގައި ބުނީ، ބުއްދި ރައްކާތެރިކުރުމަކީ އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައި ބާވައިލެއްވުނު މައިގަނޑު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދު ކަމަށެވެ.

ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކައުތެރިކުރުން ކަމަށާއި، އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ އަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާނަމަ އެއީ އިސްލާމްދީން ނަހީކުރާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މާތްﷲ އިންސާނާ އެހެން މަޚުލޫގާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނާއި އޭނާގެ އުފެއްދެވުމާއި ސޫރަކުރެއްވުން އެހެން މަޚުލޫގުންނަށްވުރެ ފުރިހަމަވުމުން ކަމަށް ހުތުބާގައި ބުންޏެވެ. އަދި، އެކަލާނގެ އިންސާނާއަށް ބުއްދި ދެއްވައިފައި ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި އެ ހުރިހައި ކަމަކާމެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވި ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

ކަން އެހެން ހުރިއިރު މި ކުޑަކުޑަ މުސްލިމް މުޖުތަމައުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާފަދަ ނޭއްގާނީ އަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، މި ވަގުތީ ހަޔާތުގައި ތިމާއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މިފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތްﷲ އެބައިމީހުންގެ އަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު ޣާފިލުވަނީ ކީއްވެތޯ ޚުތުބާގައި ސުވާލު އުފެއްދި އެވެ.

މީގެއިތުރުން ޚުތުބާގައި ވަނީ ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިއުމަތް ކަމަށްވެސް ބުނެފަ އެވެ. މާތްﷲ އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައި ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 91 ޒުވާން ޚަޠީބުން ތަމްރީނުކޮށް ޢަދަދު 700 އިން މައްޗަށްޚަބަރު | 2 ދުވަސް ކުރިންދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ މުބާރާތުން ރާއްޖޭގެ ޝާޔާ އަށް ފަޚުރުވެރި ވަނައެއްޚަބަރު | 7 ދުވަސް ކުރިންދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފިޚަބަރު | 12 ދުވަސް ކުރިންގައުމީ ގުރުއާން މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން އިޢުލާންކޮށްފިޚަބަރު | 14 ދުވަސް ކުރިން