logo
MPL

MPL

ޚަބަރު

އެންޓިމައިކްރޯބިއަލް ބޭސްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

އައިޝަތު އިނާޝާ
20 ނޮވެމްބަރު 2026 - 12:19
އެންޓިމައިކްރޯބިއަލް ބޭސްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ދުނިޔެއަށް ކުރިމަތިވަމުންދާ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ގެ ނުރައްކަލުން އަރައިގަތުމަށާއި، އަންނަން އޮތް ޖީލުތަކުގެ ރައްކާތެރިކަމަށްޓަކައި "ވަން ހެލްތު" އުސޫލު އިޚްތިޔާރުކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ އެންޓިމައިކްރޯބިއަލް އެވެއާނަސް ހަފުތާ ފާހަގަކުރުމާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވަނީ، އެންޓިމައިކްރޯބިއަލް ރެސިސްޓެންސްގެ ސަބަބުން އިންސާނުންނާއި، ޖަނަވާރުންނާއި، ގަސްގަހާގެހި އަދި ތިމާވެށީގެ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތައް ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމަނާ ވިދާޅުވި ގޮތުގައި، ބޭހަކީ ފުރާނަ ސަލާމަތްކޮށްދޭ މުހިންމު އެއްޗެއް ނަމަވެސް، ބޭހުގެ އަސަރު ކެނޑި (ރެސިސްޓެންސް އުފެދި) ބާރުދަށްވާން ފެށުމުން، އާންމު ބަލިތައް ޖެހުން އިތުރުވެ، ބަލިތަކަށް ފަރުވާކުރަން އުނދަގޫވެ، އާންމު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

"ޒިންމާދާރުކަމާއެކު އެންޓިމައިކްރޯބިއަލް ބޭސްތައް ބޭނުންކޮށް، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތަކަށް ހިތްވަރުދީ، އަދި ތިމާވެށި ހިމާޔަތްކޮށްގެން، އަންނަން އޮތް ޖީލުތަކަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން އިތުރަށް ހަރުދަނާ މުސްތަގުބަލެއް ބިނާކުރެވޭނެ،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، "ވަން ހެލްތު" އުސޫލު ބަލައިގަނެ، އެންމެންގެ ހިއްސާ އޮތް މުސްތަގުބަލު ރައްކާތެރިކުރުމަށާއި، ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމަކަށް މަގުފަހިކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންޓިމައިކްރޯބިއަލް ބޭސްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފިޚަބަރު | 41 މިނިޓު ކުރިންއަންހެނުން ބާރުވެރިކުރުމާއި އިޖުތިމާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު މަޝްވަރާއެއްޚަބަރު | މަހެއް ކުރިންކެންސަރުން ރައްކާތެރިވުމަށް އަވަހަށް ސްކްރީންކުރުން މުހިންމު: ފަސްޓް ލޭޑީ ޚަބަރު | މަހެއް ކުރިންހިސާބު ޢިލްމު ހަރުދަނާކުރުމަކީ ޤައުމުގެ ކުރިމަގަށް ކުރެވޭ ވުނަކުރުމެއް: ފަސްޓް ލޭޑީޚަބަރު | 4 މަސް ކުރިން