logo
MPL

MPL

ކުޅިވަރު

ޕަލްމެއިރާސްއާ އެއްވަރުކޮށް ފްލަމެންގޯއިން 10 ވަނަ ފަހަރަށް ބްރެޒިލް ލީގު ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2026 - 03:48
ޕަލްމެއިރާސްއާ އެއްވަރުކޮށް ފްލަމެންގޯއިން 10 ވަނަ ފަހަރަށް ބްރެޒިލް ލީގު ކާމިޔާބުކޮށްފި

ބްރެޒިލިއަން ލީގުގައި ޕަލްމެއިރާސްއާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، ފްލަމެންގޯއިން 2026 ވަނަ އަހަރުގެ ބްރެޒިލް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ. މި ނަތީޖާއާއެކު ރިއޯ ޑި ޖެނީރޯގެ މަޝްހޫރު ކްލަބުން ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް ލީގު ތަށި އުފުލައިލައިފައެވެ.

ލީގުގައި ބާކީ ދެ މެޗު އޮއްވައި، ކުޅުނު 36 މެޗުން 80 ޕޮއިންޓް ހޯދައިގެން ފްލަމެންގޯ ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ދެވަނައިގައި އޮތް ޕަލްމެއިރާސްއަށް ލިބިފައިވަނީ 74 ޕޮއިންޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައޮ ޕައޮލޯގައި ކުޅުނު މި ފޯރިގަދަ މެޗުގެ 11 ވަނަ މިނެޓުގައި ޖޯން އަރިއަސް ވަނީ ލަނޑެއް ޖަހައި ޕަލްމެއިރާސްއަށް ކުރިހޯދައިދީފައެވެ. ނަމަވެސް، މެޗުގެ 75 ވަނަ މިނެޓުގައި ސެމިއުލް ލީނޯ ކާމިޔާބުކުރި މުހިންމު ލަނޑުން ފްލަމެންގޯއިން އެއްވަރުކޮށް، ތަށި ކަށަވަރުކުރިއެވެ.

މިއީ ފްލަމެންގޯގެ ތާރީޚުގައި ބްރެޒިލްގެ ލީގު ތަށި ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. އޭގެ ތެރޭގައި ބްރެޒިލިއާއޯގެ ނުވަ ތަށްޓާއި 1987 ވަނަ އަހަރުގެ ކޮޕާ އުނިއާއޯ ހިމެނެއެވެ. ފްލަމެންގޯއިން އެންމެ ފުރަތަމަ މި ތަށި އުފުލައިލީ 1980 ވަނަ އަހަރު އެތުލެޓިކޯ މިނެއިރޯ ބަލިކުރުމަށްފަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕަލްމެއިރާސްއާ އެއްވަރުކޮށް ފްލަމެންގޯއިން 10 ވަނަ ފަހަރަށް ބްރެޒިލް ލީގު ކާމިޔާބުކޮށްފިކުޅިވަރު | 27 މިނިޓު ކުރިންފްލެމިންގޯ ބަލިކޮށް ބަޔާން ކުއާޓަރ ފައިނަލަށްކުޅިވަރު | އަހަރެއް ކުރިން