logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފްލެމިންގޯ ބަލިކޮށް ބަޔާން ކުއާޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
30 ޖޫން 2025 - 07:12
ހެރީކޭން ވަނީ މެޗުގައި ދެލަނޑު ޖަހާފައި - ފޮޓޯ: ބީބީސީ
ހެރީކޭން ވަނީ މެޗުގައި ދެލަނޑު ޖަހާފައި - ފޮޓޯ: ބީބީސީ

ފީފާ ކުލަބު ވޯލްޑް ކަޕުގެގަދަ 16 ގައި ރޭ ބްރެޒިލްގެ ފްލެމިންގޯއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޖަރުމަނުގެ ބަޔާން މިއުނިކުން ހޯދައިފިއެވެ.

މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި 60،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި، އެންމެ ފަހުން ކުޅުނު 11 މެޗުން ބަލިނުވެ ރެކޯޑެއް ހިފަހައްޓާފައިވާ ފްލެމިންގޯއަށް ބަޔާން މިއުނިކްގެ ފޯވާޑުން ފޮނުވާލި ހަމަލާތައް ދިފާއުކުރަން ދަތިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ހަވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ނެގި ކޯނަރ ކިކުން ފްލެމިންގޯގެ މިޑްފީލްޑަރު އެރިކް ޕުލްގާގެ އަބޮލުންޖެހި ބައިކޮޅަށްވަނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ހެރީ ކޭން އޭރިޔާ ބޭރުން ޖެހި ލަނޑުން ބަޔާންގެ ލީޑު އިތުރަށް ފުޅާވެގެން ދިޔައެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ފްލެމިންގޯގެ ގާރސަން ޖެހި ލަނޑުން އެ ޓީމަށް އުއްމީދެއް ލިބުނު ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިއޮން ގޮރެޓްޒްކާ ވަނީ  ޖެހި ލަނޑުން ބަޔާންގެ ލީޑު އިތުރަށް ފުޅާވެގެން ދިޔައެވެ.

ދެވަނަ ހާފުގައި ޕެނަލްޓީ ކިކަކުން ފްލެމިންގޯގެ ޖޯޖީނިއޯ ޖެހި ލަނޑުން އެ ޓީމަށް އިތުރު އުއްމީދެއް ލިބުނު ނަމަވެސް، 73 ވަނަ މިނެޓުގައި ހެރީ ކޭން ޖެހި ދެވަނަ ލަނޑުން މެޗު ބަޔާން މިއުނިކްގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔައެވެ. މިއީ މި ސީޒަނުގައި ކޭން ޖެހި 41 ވަނަ ލަނޑެވެ.

މެޗު ނިމުނީ ބަޔާން 4-2 އިން ކުރީގައި އޮވެގެންނެވެ. މި މޮޅާއެކު ބަޔާން ކުއާޓަރ ފައިނަލުގައި ވާދަކުރަންޖެހޭނީ ޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއާއި ދެކޮޅަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫރަޕުގެ އެންމެ ފޯމުގައި އޮތް ބަޔާން ބަލިކުރުމަށްފަހު ސެޓްޕީސް އެފްސީ ތާވަލުގެ އެއްވަނައަށްކުޅިވަރު | 5 ދުވަސް ކުރިންބަޔާން ފަސޭހަކަމާއެކު ވޯލްޑް ޗެންޕިއަން ސައިޒަށް ކަނޑާލައިފިކުޅިވަރު | 2 މަސް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 3 މަސް ކުރިންފޮށިތަންމައްޗާއެކު މިއުނިކްގައި ހުއްޓާ އެނބުރި ގެޔަށް އަންނަން އެންގުމާއެކު ޖެކްޝަން ބޮޑާ ހާކަންފަށައިފިކުޅިވަރު | 3 މަސް ކުރިން