އެތުލެޓިކޯ ބަލިކޮށް ބަޔާން ޗެމްޕިއަންސް ލީގުގެ ގަދަ އަށަކަށް
4 ނޮވެމްބަރު 2026 - 03:48

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކުން ފަސޭހަ ކާމިޔާބީއެއް ހޯދައިފިއެވެ. ރިޔާޟް އެއާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނު ނަމަވެސް، ދެވަނަ ހާފުގައި ބަޔާނުން ވަނީ މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ނަގާފައެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ޒުވާން ކުޅުންތެރިޔާ ލެނާޓް ކާލްއެވެ. މިއީ އެތުލެޓިކޯގެ ޑިފެންޑަރު ރޮބިން ލެ ނޯމަންޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޮބްލަކް ބޯމަތިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއާއެކު، އުމުރުން 19 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ބަޔާނަށް ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ކާލް ވަނީ ހޯދާފައެވެ. މެޗުގެ 74 ވަނަ މިނެޓުގައި ބަޔާންގެ ދެވަނަ ލަނޑު ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މޮޅު ކުޅުމެއް ދެއްކި ކޮންރަޑް ލައިމާއެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މެޗުގައި ކޭންއަށް ވިދިވިދިގެން 11 މެޗުގައި ލަނޑުޖެހުމުގެ ރެކޯޑާ ހަމަކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް މި މޮޅާއެކު ބަޔާން ވަނީ ތާވަލުގެ ގަދަ އަށަކަށް ޖެހިލާފައެވެ. ބަލިވި އެތުލެޓިކޯ އޮތީ ތާވަލުގެ 21 ވަނައިގައެވެ.

-01.jpg&w=3840&q=75)
