ކޭންގެ ޕެނަލްޓީ ބޭކާރުވެ، ކްލަސިކާގައި ޑޯޓްމުންޑުން ބަޔާން ހިފަހައްޓައިފި
1 ނޮވެމްބަރު 2026 - 02:24

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ކާމިޔާބުކުރުމަށްފަހު ހެރީ ކޭން ކުޅުނު ފުރަތަމަ މެޗުގައި އޭނާ ފޮނުވާލި ޕެނަލްޓީ ބޭކާރުވެ، ޖަރުމަނު ބުންޑެސްލީގާގެ 'ޑާ ކްލަސިކާ' މެޗުގައި ބޮރޫޝިއާ ޑޯޓްމުންޑުން 2-2 އިން ބަޔާން މިއުނިކް އެއްވަރުކޮށް ހިފަހައްޓައިފިއެވެ.
މެޗު ފެށުމުގެ ކުރިން ބެލޮންޑިއޯ އެވޯޑު ސަޕޯޓަރުންނަށް ދައްކާލި ކޭން އަށް މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް، ދެ ޓީމުވެސް ވަނީ މި ސީޒަނުގެ ލީގުގައި މިހާތަނަށް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ދަމަހައްޓާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކޮންރަޑް ލައިމާ ވަނީ ގޯލެއް ޖަހައި ބަޔާނަށް ކުރިހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 56 ވަނަ މިނެޓުގައި ކޭން ފޮނުވާލި ޕެނަލްޓީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވުމުން ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ގެއްލުނެވެ. މިއީ ބުންޑެސްލީގާގައި އޭނާ ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ.
އޭގެ އިރުކޮޅެއް ފަހުން ސޭރޫ ގިރާސީ ޑޯޓްމުންޑަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، 66 ވަނަ މިނެޓުގައި ކޭން ތަނަވަސްކޮށްދިން ބޯޅައަކުން ޑަޔޮޓް އުޕަމެކާނޯ އަލުން ބަޔާނަށް ލީޑު ހޯދައިދިނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ބަޔާންގެ ތިން ކުޅުންތެރިން ބަދަލުކުރަން ޖެހުނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނެޓަކަށް ވެފައިވަނިކޮށް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ފަބިއޯ ސިލްވާ ކާމިޔާބުކުރި ގޯލުން ޑޯޓްމުންޑަށް އަގުހުރި ޕޮއިންޓެއް ކަށަވަރުކޮށްދިނެވެ. މެޗުގެ ފަހުވަގުތު ލެނާޓް ކާލް ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވުމުން ބަޔާނަށް މޮޅުނުވެވުނެވެ.

-01.jpg&w=3840&q=75)
