logo
MPL

MPL

ކުޅިވަރު

އޮލީސޭގެ ދެ ލަނޑާއެކު ބަޔާން މިއުނިކުން ބޯޑޯ/ގްލިމްޓް ބަލިކޮށްފި

އަބްދުﷲ ޣާނިމް
11 ސެޕްޓެމްބަރު 2026 - 03:47
އޮލީސޭގެ ދެ ލަނޑާއެކު ބަޔާން މިއުނިކުން ބޯޑޯ/ގްލިމްޓް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކެމްޕޭން ފަށަމުން ބަޔާން މިއުނިކުން ދެވަނަ ހާފުގައި ޖެހި ފަސް ލަނޑާއެކު، 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބޯޑޯ/ގްލިމްޓް ބަލިކޮށްފިއެވެ. މެޗުގެ ދެވަނަ ހާފުގައި މައިކަލް އޮލީސޭ ވަނީ ދެ ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަޔާނަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން އެންމެ 78 ސިކުންތުގެ ތެރޭގައި ޖަމާލް މުސިއާލާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން އޮލީސޭ ނަގައިދިން ހިލޭ ޖެހުމަކުން ހެރީ ކޭން ބޮލުން ލަނޑު ޖަހައި ލީޑު ފުޅާކުރިއިރު، 77 ވަނަ މިނެޓުގައި އަލްފޮންސޯ ޑޭވީސް ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފަހުބައިގައި އޮލީސޭ ވަނީ 25 ޔާޑު ދުރުން މޮޅު ކާވް ހަމަލާއަކުން ހަތަރުވަނަ ލަނޑު ޖަހައި، އިތުރު ވަގުތުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ބޯޑޯ/ގްލިމްޓްގެ އޮޑިން ބްޔޯޓުފްޓްއަށް އޮލީސޭއަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު ހެރީ ކޭން ވަނީ ޗެމްޕިއަންސް ލީގުގައި ވިދިވިދިގެން 8 މެޗުގައި ލަނޑު ޖަހާފައެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުންތެރިންގެ ތެރެއިން 2026 ވަނަ އަހަރު ލަނޑު ޖެހުމާއި އެސިސްޓް ކުރުމުގައި އެންމެ ކުރީގައި އުޅެނީ 39 ގޯލް ކޮންޓްރިބިއުޝަނާއެކު ކޭން އަދި 34 ގޯލް ކޮންޓްރިބިއުޝަނާއެކު އޮލީސޭއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޭންގެ ޕެނަލްޓީ ބޭކާރުވެ، ކްލަސިކާގައި ޑޯޓްމުންޑުން ބަޔާން ހިފަހައްޓައިފިކުޅިވަރު | 2 ގަޑިއިރު ކުރިންރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | 10 ދުވަސް ކުރިންއޮލީސޭއަށް ދެއްކި ރަތް ކާޑާއެކު ބަޔާން ހިފަހައްޓައި ވައިކިންގް ތާރީޚީ ޕޮއިންޓެއް ހޯދައިފިކުޅިވަރު | 18 ދުވަސް ކުރިންއޮލީސޭގެ ދެ ލަނޑާއެކު ބަޔާން މިއުނިކުން ބޯޑޯ/ގްލިމްޓް ބަލިކޮށްފިކުޅިވަރު | 2 މަސް ކުރިން