logo
MPL

MPL

ކުޅިވަރު

ކޭން އަދި އޮލީސޭއަށްއަނިޔާވެ، ބާޔާންއަށް ތާވަލުގެ އެއްވަނަ މަޤާމުގެއްލިއްޖެ

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2026 - 03:09
ކޭން އަދި އޮލީސޭއަށްއަނިޔާވެ، ބާޔާންއަށް ތާވަލުގެ އެއްވަނަ މަޤާމުގެއްލިއްޖެ

ޖަރުމަނު ބުންޑެސްލީގާގައި ކޮލޯންއާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގައި، ބަޔާން މިއުނިކްގެ މުހިންމު ދެ ފޯވާޑުން ކަމަށްވާ ހެރީ ކޭން އަދި މައިކަލް އޮލީސޭ އަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. އާލިއަންޒް އެރީނާގައި ކުޅުނު މި މެޗަކީ ބަޔާންގެ ކޯޗު ބަލިވެ، ޓީމާއި ދުުރުގައި ހުރުމަށްފަހު އަލުން ޓީމާ ހަވާލުވި މެޗެވެ.

މެޗުގެ 12 ވަނަ މިނެޓުގައި މައިކީ މޯ ކާމިޔާބުކުރި ލަނޑުން ކޮލޯން ކުރިހޯދިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، 20 ވަނަ މިނެޓުގައި ކޭން އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު ނަމަވެސް، 37 ވަނަ މިނެޓުގައި ނަތަނިއަލް ބްރައުން ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާފު ޓައިމްގައި އަނިޔާގެ ސަބަބުން އޮލީސޭ ވެސް ބަދަލުކުރަން ޖެހުމުން ބަޔާންގެ އެޓޭކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ލުއިސް ޑިއާޒް، ސާޖް ގްނަބްރީ އަދި މެނުއަލް ނޯޔާ ފަދަ ތަރިން ކުރިންވެސް އަނިޔާގައި ތިބުމުން، ކޮމްޕެނީ އަށް ވަނީ ޒުވާން އަދި ތަޖުރިބާ މަދު ކުޅުންތެރިންނާއެކު ކުރިއަށްދާން މަޖުބޫރުވެފައެވެ. ސެޕްޓެމްބަރު މަހަށްފަހު ފުރަތަމަ ފަހަރަށް ޖަމާލް މުސިއާލާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ނަމަވެސް މޮޅުވާނެ ލަނޑެއް ކާމިޔާބު ނުކުރެވުނެވެ.

މި ނަތީޖާއާއެކު ބޮރޫޝިއާ ޑޯޓްމުންޑަށް ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބިފައިވާއިރު، ކޮލޯން ވަނީ ރެލިގޭޝަން ޒޯނާ ދުރަށް ތިން ޕޮއިންޓުގެ ފަރަގެއް ދަމަހައްޓާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޭން އަދި އޮލީސޭއަށްއަނިޔާވެ، ބާޔާންއަށް ތާވަލުގެ އެއްވަނަ މަޤާމުގެއްލިއްޖެކުޅިވަރު | 27 މިނިޓު ކުރިންއެތުލެޓިކޯ ބަލިކޮށް ބަޔާން ޗެމްޕިއަންސް ލީގުގެ ގަދަ އަށަކަށްކުޅިވަރު | 18 ދުވަސް ކުރިންކޭންގެ ޕެނަލްޓީ ބޭކާރުވެ، ކްލަސިކާގައި ޑޯޓްމުންޑުން ބަޔާން ހިފަހައްޓައިފިކުޅިވަރު | 21 ދުވަސް ކުރިންރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | މަހެއް ކުރިން