ހުޅުދުއްފާރާއި މަގޫދޫގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ހުޅުވައި ޚިދުމަތް ފުޅާކޮށްފި
24 ނޮވެމްބަރު 2026 - 19:05

ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ރ. ހުޅުދުއްފާރު އަދި ފ. މަގޫދޫ ގައި އެ މަރުކަޒުގެ ގޮފިތައް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި ދެ ރަށުގައި އަލަށް ހުޅުވި ގޮފިތަކާއެކު، މި ސަރުކާރުން އަލަށް ބިނާކޮށް ޚިދުމަތް ދޭންފެށި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގެ ޖުމްލަ ޢަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ ކުރިން މި މަޝްރޫޢުގެ ދަށުން ގޮފިތައް ހުޅުވާފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ހއ. އުތީމު، ހއ. އުލިގަން، ޅ. ހިންނަވަރު، ކ. ހުރާ، ރ. ރަސްމާދޫ، ކ. ހިންމަފުށި، ތ. ވޭމަންޑޫ، ލ. މާވަށް، ލ. ގަން އަދި ފުވައްމުލައް ސިޓީ ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށާއި، ރަށްރަށުގައި ހިލޭ ޤުރުއާން ކިޔަވައިދޭ ކްލާސްތައް އިތުރުކޮށް، ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

-01.jpg&w=3840&q=75)
