logo
MPL

MPL

ޚަބަރު

158 އެގްޒިބިޓަރުންނާއެކު "ވަރަ އެކްސްޕޯ" މާދަމާ ފަށަނީ

އަޙުމަދު ރިޝާން
25 ނޮވެމްބަރު 2026 - 06:23
158 އެގްޒިބިޓަރުންނާއެކު "ވަރަ އެކްސްޕޯ" މާދަމާ ފަށަނީ

ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ "ވަރަ އެކްސްޕޯ" އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާއި ބޭނުންވާ ހުނަރުތައް ދައްކާލުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މި އެކްސްޕޯގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން ޖުމްލަ 158 އެގްޒިބިޓަރުން ބައިވެރިވެ އެވެ. މައިގަނޑު ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މާކެޓް ޒޯނުގައި 73 ބައިވެރިން ހިމެނޭއިރު، ކެރިއާ ޒޯނުގައި 34 ބައިވެރިން، އެޑިއުކޭޝަން ޒޯނުގައި 32 ބައިވެރިން އަދި ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯނުގައި 19 ބައިވެރިން ހަރަކާތްތެރިވާނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޯމް މިނިސްޓްރީން ބުނި ގޮތުގައި މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި، ތައުލީމީ މަރުހަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ޒުވާނުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މައުލޫމާތު ލިބިގެންދާނެ އެވެ. އެހެންކަމުން، ޒުވާނުންނާއި ވަޒީފާގެ އާ ފުރުސަތުތައް ހޯދަން އެދޭ ވީހާވެސް ގިނަ ރައްޔިތުން މި އެކްސްޕޯއަށް ޒިޔާރަތްކުރުމަށް އެ މިނިސްޓްރީން އެދެ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

158 އެގްޒިބިޓަރުންނާއެކު "ވަރަ އެކްސްޕޯ" މާދަމާ ފަށަނީޚަބަރު | 15 މިނިޓު ކުރިންވަރަ އެކްސްޕޯ 2026ގެ ގޯލްޑް ސްޕޮންސަރަކަށް ބީއެމްއެލްވިޔަފާރި | 8 ދުވަސް ކުރިންތިން ދުވަހަށް ދެމިގެންދާ "ވަރަ އެކްސްޕޯ" ފަށައިފިޚަބަރު | އަހަރެއް ކުރިން