logo
MPL

MPL

ވިޔަފާރި

ވަރަ އެކްސްޕޯ 2026ގެ ގޯލްޑް ސްޕޮންސަރަކަށް ބީއެމްއެލް

އައިޝަތު ނަޝާ
17 ނޮވެމްބަރު 2026 - 09:33
ވަރަ އެކްސްޕޯ 2026ގެ ގޯލްޑް ސްޕޮންސަރަކަށް ބީއެމްއެލް

ވަރަ އެކްސްޕޯ 2026ގެ ގޯލްޑް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އިން ބައިވެރި ވެއްޖެއެވެ.

ޒުވާނުންނާއި ވަޒީފާ ހޯދާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގެ ތެރެއިން ކެރިއަރ ކައުންސެލިންގ ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ލިބޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

މި އެކްސްޕޯގައި ބީއެމްއެލްގެ ފަރާތުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ތަމްރީނުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ. މިއީ، ޒުވާނުން ބާރުވެރި ކުރުވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

ނޮވެމްބަރު 26 އިން 28 އަށް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް މި އެކްސްޕޯ އާންމުންނަށް ހުޅުވާލެވިފައި ވާއިރު އެންމެނަށް ހިލޭ ބައިވެރިވެވުމުގެ ފުރުސަތު ލިބޭނެކަން މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަރަ އެކްސްޕޯ 2026ގެ ގޯލްޑް ސްޕޮންސަރަކަށް ބީއެމްއެލްވިޔަފާރި | ގަޑިއިރެއް ކުރިންހެވީލޯޑް ކުންފުނީގެ ކުޑަފަރެސް ރިސޯޓު ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފިޚަބަރު | 2 ދުވަސް ކުރިންބީއެމްއެލްގެ ކާނިވާ ކާމިޔާބުކަމާ އެކު ނިންމާލައިފިވިޔަފާރި | 2 ދުވަސް ކުރިންބީއެމްއެލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ކާނިވަލެއް!ވިޔަފާރި | 7 ދުވަސް ކުރިން