ޔާމީން ދައްކަވާ ވާހަކަ ރައްދުވަނީ އެމަނިކުފާނަށް، ކޯފާވިޔަސް ރައީސް މުޢިއްޒު ދެ ދައުރު ފުރިހަމަ ކުރައްވާނެ: ފަލާހް


27 އޮކްޓޯބަރު 2024 - 04:17
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް 'ފައިސާ' އޭ ކިޔައިގެން ދައްކަވާ ވާހަކަތައް ވެސް ރައްދުވަނީ ހަމަ އެމަނިކުފާނަށް ކަމަށާއި، ޔާމީން ކިތަންމެ ކޯފާވިޔަސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ދެ ދައުރު ފުރިހަމަ ކުރައްވާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާހް އިއްޔެ ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ފަލާހް ވިދާޅުވެފައި ވަނީ ފަހަކަށް އައިސް ނަން ބަދަލުކޮށްގެން ޔާމީން ކިޔައިދެއްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ވާހަކަތައް ކަމަށެވެ. އަދި ފައިސާގެ ވާހަކައެއް ޔާމީން ކިޔައިދެއްވާނަމަ އެ ވާހަކައެއްގައި ޔާމީން އުޅުއްވާނެ ކަމަށް ވިދާޅުވެފަވެއެވެ.
"ޔާމީން ކިތަންމެ ވަރަކަށް ކޯފާ ވިޔަސް މި ގައުމުގެ ދެ ދައުރު ފުރިހަމަ ކުރާ ފުރަތަމަ ވެރިއަކަށް ވާނީ ރައީސް މުއިއްޒު،" ފަލާހު ވިދާޅުވެފަވެ އެވެ.
އިތުރު ލިޔުންތައް

ފްލެޓާއި ގުޅުވައި ފަތުރަނީ އަހަރުގެ އެންމެ ބޮޑު ދޮގު: ފަލާހް
6 މަސް ކުރިން
ޤައުމުގެ ސަލާމަތަށްޓަކައި ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަންޖެހޭ: ފަލާހް
6 މަސް ކުރިން