ފްލެޓާއި ގުޅުވައި ފަތުރަނީ އަހަރުގެ އެންމެ ބޮޑު ދޮގު: ފަލާހް


12 އޮކްޓޯބަރު 2024 - 18:56
ވެރިކަންކުރާ ޕީއެންސީީގެ ބައެއް މަޖިލިސް މެންބަރުން ބުނާ ބަޔަކަށް ފްލެޓް ދޭން އުޅޭކަމަށް ބުނެ ފަތުރަނީ މި އަހަރުގެ ވެސް އެންމެ ބޮޑު ދޮގުކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާހް މިރޭ ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރުމަށްކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި މަސް ނިމުމުގެ ކުރިން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައި ވަނިކޮށް ނޮން ރަޖިސްޓަރ އޮންލައިން ނޫހަކުން ވަނީ އެ ފްލެޓްތައް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ބުނާ ބަޔަކަށް ބަހަން ނިންމާފައިވާކަމަށް ބުނެ ޚަބަރެއް ހަދައި ދައުރުކޮށްފައެވެ.
މި މެންބަރުންގެ ތެރޭގައި ޕީޖީ ލީޑަރު ފަލާހްގެ ނަން ވެސް އެ ނޫހުގެ ޚަބަރުގައި ހިމަނާފައި އޮތްއިރު، އެކަން ދޮގުކުރަށްވައި ފަލާހް އެކްސްގައި ވިދާޅުވީ، އެއީ އަހަރުގެ ވެސް އެންމެ ބޮޑު ދޮގު ކަމަށެވެ.
''ރައީސް މުޢިއްޒު އެއްގޮތަކަށް ވެސް ގޯއްޗަކަށް ފްލެޓަކަށް އަތްޕުޅެއް ނުބާނުއްވާނެ، ވެވަޑައިގަތް ވަޢުދުފުޅާއި އެއްގޮތަށް ރަނުން ރަނަށް ފްލެޓްތައް އޭގެ ހައްގުވެރިންނާއި ހަވާލުކުރަށްވާނެ'' ފަލާހް ވިދާޅުވެފަވެއެވެ.
ފަލާހް ވިދާޅުވީ، ޕީއެންސީގެ އެއްވެސް މަޖިލިސް މެންބަރަކު ވެސް މިކަމުގައި ''ގޯހެއް ނަހައްދަވާނެ'' ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ތެރޭގައި ހިމެނެނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ 2،800 އެޕާޓްމަންޓާއި، 650 އަކަފޫޓުގެ 2 ކޮޓަރީގެ 1،200 އެޕާޓްމަންޓްތަކެވެ.
އިތުރު ލިޔުންތައް

ޕީއެންސީއަށް 75،000 މެންބަރުން ހަމަވުމަކީ އުންމީދެއް: ރައީސް
7 މަސް ކުރިން
ޑޮލަރުގެ މައްސަލައިގައި، ބަޔަކު ހިތްހަމަ ނުޖެހުނު ނަމަވެސް އިސްކުރާނީ ރައްޔިތުން: ރައީސް
7 މަސް ކުރިން
އެމްޑީޕީން ގައުމު ހަލާކުކޮށްލި ގޮތުގެ ވާހަކަ މުގައްރިރުތަކުގައި ވެސް ލިޔާނެ: ރައީސް
7 މަސް ކުރިން