މާރަންދޫ ކައުންސިލުގެ ބައި އިލެކްޝަން ޕީއެންސީން ކާމިޔާބުކުރުމުން ރައީސްގެ ޝުކުރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް، ޕީއެންސީގެ ޖަލްސާއެއްގައި -- ފޮޓޯ/ ޕީއެންސީ
.jpg&w=3840&q=75)
14 ސެޕްޓެމްބަރު 2024 - 16:28
ހއ. މާރަންދޫ ކައުންސިލުގެ ބައި އިލެކްޝަން، ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރުމުން، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރްޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ، މިއަދު އޮތް މާރަންދޫ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޙާބުކުރުމުގެ ބައި-އިލެކްޝަނާ ގުޅުވައިއެވެ. އެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރީ އަބްދުލްހަމީދު އަބްދުއްސައްތާރު އަދި އިދިކޮޅު އެމްޑީޕީން ވާދަކުރީ ޝިހާމް މުހައްމަދުއެވެ.
އެ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކުރީ 285 ވޯޓު ހޯދައިގެންނެވެ. އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 250 ވޯޓެވެ.
އެކަމަށް މަރްޙަބާ ވިދާޅުވަމުން ރައީސް މުޢިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވަނީ، އެ އިންތިޙާބު ކާމިޔާބުކުރުމުގައި މަސައްކަތްކުރި ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
އަދި އެ ވޯޓުގައި ބައިވެރިވި ރައްޔިތުންނަށް ވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކުރުމާއެކު، މާރަންދޫގެ ކައުންސިލުގައި މީގެ ފަހުން ތިއްބަވާނީ ޕީއެންސީ ކައުންސިލަރެއްގެ އިތުރުން އެމްޑީޕީގެ ތިން ކައުންސިލަރުންނާއި އަމިއްލަ ކައުންސިލަރެކެވެ. އެ ކައުންސިލުގެ ރައީސަކީ އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
8 މަސް ކުރިން