logoEN
ޚަބަރު

ޤައުމުގެ ސަލާމަތަށްޓަކައި ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަންޖެހޭ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ

17 އޮކްޓޯބަރު 2024 - 02:32

މި ރާއްޖެއަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ މި ޤަ އުމު ސަލާމަތްކުރުމަށް ޓަކައި މިއަދު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާހް އިއްޔެ ވިދާޅުވެއްޖެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަހުސްގައި ޓެކްސް އިސްލާހްގެ ބިލަށް ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، މި ދިވެހިރާއްޖެއަކީ މުޅި ދުނިޔެއަށް ބަލާއިރުގައި ވެސް ޓޫރިޒަމް އަދި ފަތުރުވެރިކަމަށް ބަލާއިރު މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ރީތި އެއް މަންޒިލް ކަމަށެވެ.

ހަމައެހެންމެ ރާއްޖެއަމީ އެންމެ ރީތި ގޮނޑުދޮށްތަކާއި، އެންމެ ރީތި މޫދާއި، އެންމެ ރީތި ކަނޑާއި، އެންމެ ސާފު ވައި އަދި އެންމެ ފިނިހޫނުމިން ހެޔޮވަރު ދުނިޔޭގައި ހުރި އެ މަދު ޤައުމުތަކުގެ ތެރޭގައި އެއް ޤައުމު ކަމަށް ފަލާހް ވިދާޅުވިއެވެ.

''މި ރާއްޖެއަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ކޮންމެހެން ވެސް މި ޤަ އުމު ސަލާމަތްކުރުމަށް ޓަކައި ކުރަން ޖެހިފައިވާ ކަމެއް،'' ފަލާހް ވިދާޅުވިއެވެ.

ފަލާހް ވަނީ މި ބަލާއިމެދު އެމްޑީޕީގެ މެންބަރުން ދެއްކެވީ ޑްރާމާ ވާހަކަތަކެއް ކަމަށްވިދާޅުވެ، އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ މާލިއްޔަތު ބަނގުރޫޓްކޮށްލި ގޮތް ވިދާޅުވެދެއްވާފައެވެ.

ކޮމެންޓް

871x217_placeholder