logoEN
ޚަބަރު

ޕީއެންއެފުން އިންތިޚާބުތަކުގައި ވާދަކުރަނީ ވަގަށް، ލިބުނު ގޮނޑިއެއް ނެތް: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ

04 ނޮވެމްބަރު 2024 - 17:48

ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ ޕާޓީ، ޕީއެންއެފަކީ ހަގީގަތުގައި ޕާޓީއެއް ނޫންކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ފަލާހް އިއްޔެ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، ޕީއެންއެފަކީ މި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައ،ި ވަރަށް ސަޕޯޓު އޮތް ކަމަށް ވަކާލާތުކުރި ޕާޓީއެއް ކަމަށެވެ.

''ރާއްޖޭގެ ހުރިހާ ގޮނޑިއަކަށް ވާދަކުރ،ި ހުރިހާ ގޮނޑިއަކަށް ވާދަކުރ.ި އެންމެ ގޮނޑިއެއް ވެސް ލިބިއްޖެތޯ ރައީސް؟ ނުލިބޭ، އެންމެ ގޮނޑިއެއް ވެސް ނުލިބޭ، އޭގެ ފަހުން ކިތައް އިންތިޚާބު ކިތައް، ބައި އިލެކްޝަން ރާއްޖެތެރޭ ބާއްވައިފިތޯ؟ ހުރިހާ އިންތިޚާބެއްގައި ވާދަކުރަނީ ވަގަށް، އެންމެ ގޮނޑިއެއް ވެސް ނުލިބޭ.، އެހެންވީމާ ޙަޤީޤަތުގައި މީކީ ޕާޓީތަކެއް ނޫން.'' ފަލާހް ވިދާޅުވިއެވެ.

ފަލާހް ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވަނީ ޕީޕީއެމް އާއި ޕީއެންސީ އަށް ލިބުނު ފައިސާގެ 90% ވަގަށް ނަގައިގެން ކައިފައިކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއީ ތޯތޯ ވާހަކައެއް ނޫންކަމަށާއި، އެއީ ސާބިތުވެފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder