logo
ދުނިޔެ

އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވަނީ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
27 އޮކްޓޯބަރު 2024 - 06:58
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވަނީ

އިޒްރޭލުން ދާދި ފަހުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މި ބައްދަލުވުމަށް އީރާނުން އެދުނީ އިޒްރޭލުން ދިން ހަމަލާތަކާ އެކު ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީރާނުގެ އދ.ގެ މިޝަނުން ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިސްރާއީލުގެ އަމަލުތަކުން ރަމްޒުކޮށްދެނީ އިސްތިގުލާލާ އިދިކޮޅަށް އަރައިގަތުން ކަމަށާއި އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދގެ ޗާޓަރާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށެވެ.

އިސްރާއީލުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނީ ޑެނޮން ވަނީ މި ވާހަކަތަކަކީ އީރާނުން ސިޔާސީ ގޮތުން އިސްރާއީލަށް ނިކަމެތިކޮށްލަން ކުރާ ކަމެއްގެ ގޮތުގައި ދޮގުކުރައްވައި، އެ ގައުމުގެ ދިފާއުގައި އެ ގައުމަށް ލިބިގެންވާ ހައްގެއް ކަމަށް ވިދާޅުވެފަވެއެވެ. އަދި ގާނޫނީ ގޮތުން ހިލާފުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްގެ ގޮތުގައި ލޭބަލް ކޮށްފަ އެވެ.

އީރާނުގެ އަސްކަރީ އަމާޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކަކީ މި މަހުގެ ކުރީކޮޅު ތެހެރާންގެ ބެލިސްޓިކް މިސައިލް ބެރޭޖަށް ދިން ރައްދެއްގެ ގޮތުގައި ވަނީ ސިފަކޮށްއެވެ. އިޒްރޭލުގެ މަސްދަރުތަކުން އިޝާރާތްކޮށްފައި ވަނީ މި ހަމަލާތަކަކީ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ދިން ހަމަލާތަކެއް ނޫން ކަމަށާއި، މަދު ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އީރާނުން ވަނީ އަސްކަރިއްޔާގެ ހަތަރު މީހަކު މަރުވެފައިވާކަން ކަށަވަރުކޮށްދީ، އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގަށް ބާރު އަޅާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާތައް މިފަހަރު އަމާޒު ކުރީ އެހީދޭ ޖަމާޢަތްތަކަށްޚަބަރު | 16 ދުވަސް ކުރިންއދގެ ޤަރާރަށް ހަ މަސް، ޤަތުލްޢާންމު އަދިވެސް ކުރިއަށް World | 4 މަސް ކުރިންއދ.ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ އިންތިހާބު ވުމަކީ ފަޚުރެއް: ރައީސް ޚަބަރު | 5 މަސް ކުރިންޣައްޒާގައި އުންރުވާ ހަރަކާތްތެރިވުން މަނާކުރުމާއެކު، އދގެ ސަލާމަތީ މަޖިލީހުގައި ހިތްހަމަ ނުޖެހުންތަކެއްދުނިޔެ | 7 މަސް ކުރިން