logo
ދުނިޔެ

ޣައްޒާގައި އުންރުވާ ހަރަކާތްތެރިވުން މަނާކުރުމާއެކު، އދގެ ސަލާމަތީ މަޖިލީހުގައި ހިތްހަމަ ނުޖެހުންތަކެއް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
29 ޖެނުއަރީ 2025 - 07:15
ޣައްޒާގައި ހުރި އުންރުވާގެ ސްކޫލެއް ބިމާ ހަމަކޮށްފައި -- ފޮޓޯ: އޭޕީ
ޣައްޒާގައި ހުރި އުންރުވާގެ ސްކޫލެއް ބިމާ ހަމަކޮށްފައި -- ފޮޓޯ: އޭޕީ

އދ. ގެ ފަރާތުން ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާކަމުގައިވާ އުންރުވާއަށް، ޣައްޒާގައި ހަރަކާތްތެރިވުން ޔަހޫދީ އިޒްރޭލު ދައުލަތުން މަނާކުރަން ނިންމި ނިންމުމަށް، އދ. ގެ ސަލާމަތީ މަޖިލީހުގައި ހަތް ގައުމަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ އުންރުވާއާ ގުޅޭ ބައްދަލުވުމުގައި އެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސްޕެއިން، ބެލްޖިއަމް، އަޔަލެންޑް، ލަގްޒެމްބާގް، މަލްޓާ، ނޯވޭ އަދި ސްލޮވޭނީއާއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެ ހަތް ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގައި އުންރުވާއިން ހަރަކާތްތެރިވުމަށް ޔަހޫދީ ނިރުބަވެރި ދައުލަތުން މަނާކުރި ނިންމުމަށް އެ ހަތް ގައުމުން ފާޅުކަންބޮޑު ގޮތެއްގައި ދެކޮޅު ކަމަށާއި، އުންރުވާ އަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ނުހަނު މުހިންމު ޖަމިއްޔާއެއް ކަމަށެވެ.

"އުންރުވާ އަކީ ފަލަސްޠީނުގެ އެތައްހާސް ރެފިއުޖީންނާއި ޢާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދޭ ޖަމައާތް. ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެޖަމާޢަތަކީ ކޮންމެހެން ބޭނުންތެރި ޖަމާއަތެއް،" އެ ބަޔާނުގައި ބުންޏެވެ.

އަދި އެ ޖަމާއަތަކީ ފަލަސްތީނުގެ އެތައް މިލިއަން ރެފިއުޖީންނަށް ތަޢުލީމާއި ޞިއްޙީ ފަރުވާ ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ވެސް ޔަޤީންކޮށްދޭ ޖަމާއަތްކަމަށާއި، ޣައްޒާ އަލުން ބިނާކުރުމުގެ މަރުޙަލާގައި އުންރުވާގެ ޚިދުމަތްތަކަކީ ވަރަށް މުހިންމު ޚިދުމަތްތަކެއް ކަމުގައި ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

 

އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި، އިންސާނީ ހައްގުތަކުގެ ދިފާއުގައި އަދި އެ ގާނޫނުތަކަށް އިހްތިރާމުކުރުމުގެ ގޮތުން ވެސް، އެ ގައުމުތަކުން އުންރުވާއަށް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމުގައި ވެސް އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، ނިރުބަވެރި ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލްއާންމުތައް ކުށްވެރިކޮށް، އައިސީޖޭ އިން މެންބަރު ގައުމުތަކުގެ މައްޗަށް ކޮށްފައިވާ އަމުރުތަކަށް އަމަލުކުރުމަށް އެ ގައުމުތަކަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. އަދި އިޒްރޭލުން ގަދަ ބާރުން ހިފައި ވަޒަންވެރިވެފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބައި، ދިގު މުއްދަތަށް ސުލްހަ ގާއިމްކުރެވޭނެ ފަދަ މަޝްވަރާތަކެއް ކުރުމަށް ވެސް އެ ގައުމުތަކުން ވަނީ އިޒްރޭލުގެ ސަރުކާރަށް ގޮވާލާފައެވެ.

އދ، ގެ ސަލާމަތީ މަޖިލީހުގެ ހަތް ގައުމަކުން އެފަދަ ބަޔާނެއް ނެރުނު ނަމަވެސް، ސަލާމަތީ މަޖިލީހުގައި މެޖޯރިޓީ ވޯޓަކުން އުންރުވާއަށް ޣައްޒާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ނުބެލެވެއެވެ. އެއީ އެ މަޖިލީހުގެ ވީޓޯކުރުމުގެ ބާރު، އިޒްރޭލަށް އެންމެ ވާގިވެރިވާ އެމެރިކާގެ އަތުގައި އޮވެފައި، ޣައްޒާގެ ރައްޔިތުންނަށް ފަހިވާނެ ފަދައިން ޢަމަލުކުރުމަށް އެމެރިކާއިން ފުރުސަތު ދޭނެ ކަމުގައި ނުބެލެވޭތީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސެރް ހޮސްޕިޓަލަށް ދިން ޙަމަލާއަކީ ގަސްތުގައި ދިން ޙަމަލާއެއް ކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާއިން ބުނެފިދުނިޔެ | 8 ދުވަސް ކުރިންފާއިތުވި 24 ގަޑިއިރު: އިޒްރޭލުގެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ޝަހީދުން، 8 ކުއްޖަކު ބަނޑަށް މަރުވެއްޖެދުނިޔެ | 9 ދުވަސް ކުރިންޔަހޫދީންގެ ހަމަލާތައް މިފަހަރު އަމާޒު ކުރީ އެހީދޭ ޖަމާޢަތްތަކަށްޚަބަރު | 14 ދުވަސް ކުރިންއިޒްރޭލުގެ ނިރުބަވެރިކަން އިންތިހާއަށް: "ޖެންޑާ ރިވީލް ޕާޓީއަކަށް" ގޮއްވާލީ ޣައްޒާގެ ޢިމާރާތެއްދުނިޔެ | 4 މަސް ކުރިން