logo
Bank of Maldives

Bank of Maldives

ޚަބަރު

"ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ވަސީލަތްތަކަށް ފައިސާ ހަމަޖެއްސުމަށް ރާއްޖެއިން ގޮވާލައިފި

"ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ވަސީލަތްތަކަށް ފައިސާ ހަމަޖެއްސުމަށް ރާއްޖެއިން ގޮވާލައިފި

"ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ވަސީލަތްތަކަށް ފައިސާ ހަމަޖެއްސުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގައި މޫސުމީ ބަދަލުތަކުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު ދެނެގަތުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

ޑރ. ސަލްމާ ރަޝީދުގެ ވާހަކައިގައި ހުރިހާ ގައުމުތަކުން "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" ބަލައިގަތުމަށް ވަނީ ގޮވާލައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީ އިތުރުކުރުމަށް ވެސް ގޮވާލެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، ތިމާވެށީގެ ސަބަބުން އިންސާނީ ޙައްގުތަކަށް ކުރާ އަސަރާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ސަލްމާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން، ރާއްޖެ ފަދަ މޫސުމީ ހިރާސް ބޮޑު ޤައުމުތަކަށް ވަރަށް ބޮޑަށް އަސަރުކުރާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި އިންސާނީ ޙައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާއާއެކު ބޭއްވި މުހިންމު މަޝްވަރާގައި، ދިވެހިރާއްޖޭގެ ފަރާތުންވަނީ ބަޔާނެއް އިއްވާފައެވެ.

މިބަޔާނުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، މޫސުމީ ވިލުންތެރިކަމާއި ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާ، ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގެ ނަމޫނާ މިސާލެއްގެ ގޮތުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. ރަށު ފެންވަރުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، އާންމު ދިރިއުޅުމުގެ ފުރުސަތުތައް ފަހިވެ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގެ ގާބިލުކަން އިތުރުވާކަމަށް ރާއްޖެއިން ޤަބޫލުކުރާކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަމިއާއެކު މުޖުތަމަޢުތައް އިސްވެ ކުރާ މަސައްކަތްތަކާއި އެކުއެކީ، ހަރުދަނާ ކާނާގެ ނިޒާމެއް ގާއިމުކުރުން މުހިންމުކަމަށާއި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާއި، މޫސުމީ ކަންކަމާއި ގުޅިގެން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ނިޒާމާއި، ކަންކަމުގައި ހައްލު ހޯދުމުގައި އެ ޤައުމެއްގެ ރައްޔިތުން މެދުވެރިވެގެން ހޯދާ ހައްލުތަކަށް ބާރުވެރިކަން ހޯދައިދިނުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް (އެމްވީއައި) އަކީ އިޤްތިޞާދީ، ތިމާވެށި، އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ގައުމެއްގެ ނާޒުކުކަމާއި ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް އދ.ން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑެވެ. މިއީ ޖީޑީޕީ ނުވަތަ ބޮލަކަށްޖެހޭ އާމްދަނީ ފަދަ އާންމުކޮށް ގައުމުތަކުގެ މުއްސަނދިކަން މިންކުރާ އުސޫލުތަކަށްވުރެ ފުޅާ ދާއިރާއެއްގައި، ގައުމަކަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް މަގުފަހިކޮށްދޭ މިންގަނޑެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ފަންޑް ފޯ ރެސްޕޮންޑިންގ" ފަދަ ވަސީލަތްތަކަށް ފައިސާ ހަމަޖެއްސުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 2 ގަޑިއިރު ކުރިންއިސްރާއީލުން ފާސްކުރި މަރުގެ އަދަބުގެ ގާނޫނު ތަންފީޒުކުރުމަކީ ހަނގުރާމައިގެ ކުށެއް: އދ.ދުނިޔެ | 3 މަސް ކުރިންގދ. ގައްދޫގެ ތުނޑުކުނަލެއް، އދ. ގެ މައި މަރުކަޒުގައިޚަބަރު | 3 މަސް ކުރިންޔަހޫދީން ލުބްނާނަށް ދިން ލާއިންސާނީ ޙަމަލާތަކާއެކު އދގެ ކަންބޮޑުވުންދުނިޔެ | 3 މަސް ކުރިން