logo
Bank of Maldives

Bank of Maldives

ޚަބަރު

ޔަހޫދީންގެ ހަމަލާތައް މިފަހަރު އަމާޒު ކުރީ އެހީދޭ ޖަމާޢަތްތަކަށް

އަޙްމަދު ޒަލީފް
20 އޯގަސްޓު 2025 - 11:05
ޔަހޫދީންގެ ހަމަލާތައް މިފަހަރު އަމާޒު ކުރީ އެހީދޭ ޖަމާޢަތްތަކަށް

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ތެރެއިން ޝަހީދު ކުރަމުންދާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ އަދަދު އެތަކެއް ގުނައަކުން އިތުރުވަމުންދާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ތެރެއިން 2024 ވަނަ އަހަރު މަރުވެފައިވާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ އަދަދު 383 އަށް އުފުލިފައިވާ ކަމުގައި އދން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ، ޣައްޒާއާއި ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރުގެ މިހާތަނަށް މަރައިލާފައިވާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. މި ގޮތުން، މި އަހަރުގެ މިހާތަނަށް 265 ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ މަރައިލާފައިވާ ކަން، އެ ކަމުގެ ތަފާސްހިސާބުތައް ބަލަހައްޓާ އެއިޑް ވަރކަރ ސެކިޔުރިޓީ ޑޭޓާބޭހުން ހާމަކުރިއެވެ.

މީގެ އިތުރުން ސޫދާންގައި ހިނގަމުންދާ އަހުލީހަނގުރާމައާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ ތެރެއިން އިތުރު 36 މީހުން މަރައިލާފައިވާ ކަން ތަފާސްހިސާބުތަކުން ސާފުވެއެވެ.

"މި ފަދަ މިންގަނޑެއްގެ ޙަމަލާތަކުން ދޭހަ ވަނީ، އެ ކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ނުކުރެވޭ ކަން، އަދި އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އަޅައިލުމާއި އަހަންމިއްޔަތު ކަން ނެތް ކަން ރަމްޒު ކޮށްދޭ ލަދުވެތި ތަފާސްހިސާބެއް،" އދގެ އަންޑަރސެކްރެޓަރީ ޖެނެރަލް ޓޮމް ފްލެޗަރ ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގދ. ގައްދޫގެ ތުނޑުކުނަލެއް، އދ. ގެ މައި މަރުކަޒުގައިޚަބަރު | 4 ގަޑިއިރު ކުރިންޔަހޫދީން ލުބްނާނަށް ދިން ލާއިންސާނީ ޙަމަލާތަކާއެކު އދގެ ކަންބޮޑުވުންދުނިޔެ | 3 ދުވަސް ކުރިންރާއްޖޭގެ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފިޚަބަރު | މަހެއް ކުރިންއެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް: އެންތޯނިއޯދުނިޔެ | 3 މަސް ކުރިން