logo
Bank of Maldives

Bank of Maldives

ޚަބަރު

ގދ. ގައްދޫގެ ތުނޑުކުނަލެއް، އދ. ގެ މައި މަރުކަޒުގައި

އިސްމާޢިލް ރާތިޢު
21 މާރިޗު 2026 - 04:35
ގދ. ގައްދޫގެ ތުނޑުކުނަލެއް، އދ. ގެ މައި މަރުކަޒުގައި

ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑުކުނަލެއް ބަހައްޓައިފިއެވެ.

މި ތުނޑު ކުނަލަކީ ދިވެހިރާއްޖެ އިން އދ. ގެ މައި މަރުކަޒަށް ހަދިޔާކުރި ހަދިޔާއެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ރާއްޖޭގެ ތުނޑުކުނަލެއް އދ.ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ. އދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ އިފްތިތާޙްކޮށްދެއްވީ އދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އ.ދގައި ބެހެއްޓި ފުރަތަމަ ފަހަރުކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރެއެވެ.

ދިވެހި ޚާރިޖީއްޔާއިން ވަނީ މި ތުނޑުކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ. ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެއްކަން ފާހަގަކޮށްފައެވެ.

އ.ދ. ގައި ބެހެއްޓުނު ތުނޑު ކުނާ ފަރުމާކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ ގައްދޫގެ ބޭފުޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގދ. ގައްދޫގެ ތުނޑުކުނަލެއް، އދ. ގެ މައި މަރުކަޒުގައިޚަބަރު | 3 ގަޑިއިރު ކުރިންޔަހޫދީން ލުބްނާނަށް ދިން ލާއިންސާނީ ޙަމަލާތަކާއެކު އދގެ ކަންބޮޑުވުންދުނިޔެ | 3 ދުވަސް ކުރިންރާއްޖޭގެ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފިޚަބަރު | މަހެއް ކުރިންއެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް: އެންތޯނިއޯދުނިޔެ | 3 މަސް ކުރިން