logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް: އެންތޯނިއޯ

މުޙައްމަދު އަފްރާޙް
4 ޖެނުއަރީ 2026 - 06:51
އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް
އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް

އެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް ކަމުގައި އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ވިދާޅުވެއްޖެއެވެ.

އެންތޯމިއޯ މިހެން ވިދާޅުވީ އެމެރިކާ އިން ވެނަޒުއޭލާ އަށް ވައިގެ ހަމަލާތަކެއްދީ، އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ޤައުމުން ބޭރަށް ގެންދިޔުން ކުށްވެރިކުރައްވާ ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އދގެ ޗާޓަރު ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ ޤާނޫނުތަކަށް ހުރިހާ ފަރާތަކުން ވެސް އިހްތިރާމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، އެންތޯނިއޯ ވިދާޅުވީ އެމެރިކާ އިން ބައިނަލްއަގްވާމީ ޤާނޫނަށް ޢަމަލުކޮށްފައި ނުވާތީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެމެރިކާގެ އެ ހަމަލާތަކަށްފަހު ރަޝިޔާއާއި ޗައިނާގެ ތާއީދާއެކު ވެނެޒުއެލާއާއި ކޮލޮމްބިޔާއިން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދިފައެވެ. ނަމަވެސް މިހާތަނަށް އެފަދަ ބައްދަލުވުމެއް ތާވަލުކޮށްފައެއް ނުވެއެވެ.

ވެނެޒުއެލާ އިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަމުއެލް މޮންކަޑާ، އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމެރިކާއިން ސުލްހަވެރި ޤައުމަކާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދީފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ސަރަހައްދީ، ބައިނަލްއަގްވާމީ ޞުލްޙައާއި ސަލާމަތަށް ބުރޫއަރާ ކަމަށެވެ.

މީގެއިތުރުން އެއްވެސް ޤައުމެއްގެ ސަރަޙައްދީ ނުވަތަ ސިޔާސީ މިނިވަންކަމާ ދެކޮޅަށް ބާރުގެ ބޭނުންކުރުން މަނާކުރާ އދގެ ޗާޓަރާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

ވެނެޒުއެލާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާތީ އދގެ ސަލާމަތީ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ބައްދަލުކޮށްފައެވެ. އެހެންނަމަވެސް އެމެރިކާ އިން މިކަމަށް އިޖާބަދީފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "ނިމިއްޖެ": ޓްރަމްޕްދުނިޔެ | 18 ދުވަސް ކުރިންކައި ޓްރަމްޕްގެ ފޮޓޯތަކާއެކު، ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ބޮޑެތި ސުވާލުތަކެއްދުނިޔެ | 19 ދުވަސް ކުރިންއެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ ޙަފްލާގައި ޓްރަމްޕް ދެއްކެވީ ބާރުވެރިކަން، އޯގާތެރިކަމެއް ނޫން: ބޮޑީ ލޭންގުއޭޖް އެކްސްޕާޓްދުނިޔެ | 20 ދުވަސް ކުރިންތައުލީމުދޭ ތަންތަނުން ހިންގާ ކުޅިވަރުތަކުގައި ޓްރާންސްޖެންޑާ އެތުލީޓުން ބައިވެރިނުކުރަށް އެމެރިކާގެ ސުޕްރީމްކޯޓުން ތާއީދުކޮށްފިދުނިޔެ | މަހެއް ކުރިން