logo
Bank of Maldives

Bank of Maldives

ދުނިޔެ

ޔަހޫދީން ލުބްނާނަށް ދިން ލާއިންސާނީ ޙަމަލާތަކާއެކު އދގެ ކަންބޮޑުވުން

އިސްމާޢިލް ރާތިޢު
18 މާރިޗު 2026 - 06:54
ޔަހޫދީން ލުބްނާނަށް ދިން ލާއިންސާނީ ޙަމަލާތަކާއެކު އދގެ ކަންބޮޑުވުން

ލުބްނާނުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާތައް އަމާޒުކުރަމުންދިއުމާމެދު އދއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާދޭން ފަށާ، އެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނާ ގާތް ގުޅުމެއް ބާއްވާ ޙިޒްބުاللهއިން މާރިޗު މަހުގެ 2 ވަނަ ދުވަހު ވަނީ އެ ހަނގުރާމައިގެ ތެރެއަށް ވަދެ، ޔަހޫދީންނަށް ޙަމަލާ ދޭން ފަށައިފައެވެ.

އެއާއެކު، ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ވަނީ ލުބްނާނާ ދެކޮޅަށް ވެސް ވަރުގަދަ ޢުދުވާނެއް ފަށާފައެވެ.

ލުބްނާނުގެ މީހުން ދިރިއުޅޭ ބައިބޯ ސަރަޙައްދުތަކަށް އަމާޒުކޮށް ގަސްދުގައި ޔަހޫދީން ޙަމަލާތައް ދެމުންދާކަމަށް އދގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ. އެގޮތުން، ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތައް އެކީގައި ސުންނާފަތިކޮށް، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އާއިލާތަކެއް އެކީގައި ޝަހީދުކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުގެ ދަށުން ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އދގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 886 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 111 ކުޑަކުދިންނާއި 67 އަންހެނުން ހިމެނޭކަމަށް ލުބްނާނުގެ ސިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ.

އދއިން ބުނި ގޮތުގައި، އެ ޙަމަލާތަކުގައި ޒަޚަމްވެ، ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު އިތުރުވެ، ޢާންމު ރައްޔިތުންނަށް ވަރަށް ނިކަމެތި އަދި ބިރުވެރި ޙާލަތެއް ވަނީ ކުރިމަތިވެފައެވެ.

ޔަހޫދީންގެ މި ޢުދުވާނުގައި ލުބްނާނުގެ އާބާދީ ފަސްބައިކުޅަ އެއްބައި މީހުން މިހާރުވެސް ގެދޮރު ގެއްލި، މަގުމަތިވެފައިވާކަމަށް އދއިން ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު އެތައް ގުނައަކުން އިތުރުވުމުގެ ކަންބޮޑުވުންވެސް އދއިން ވަނީ ފާޅުކޮށްފައެވެ.
ލުބްނާނަށް ދެމުންދާ ލާއިންސާނީ ވައިގެ ޙަމަލާތަކުގެ އިތުރުން، ޔަހޫދީން މިހާރު ދަނީ ދެކުނު ލުބުނާނަށް އެއްގަމުން އަރައިގަނެ ޙަމަލާތައް ދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީން ލުބްނާނަށް ދިން ލާއިންސާނީ ޙަމަލާތަކާއެކު އދގެ ކަންބޮޑުވުންދުނިޔެ | 2 ގަޑިއިރު ކުރިންއީރާނަށް ފިއްތުންކުރަން އެމެރިކާ އާއި ޖައްބާރު ޔަހޫދީންގެ އެއްބަސްވުމެއްދުނިޔެ | މަހެއް ކުރިންރާއްޖޭގެ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފިޚަބަރު | މަހެއް ކުރިންއެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް: އެންތޯނިއޯދުނިޔެ | 2 މަސް ކުރިން