logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

އައިޝަތު ނަޝާ
7 ފެބްރުއަރީ 2026 - 04:49
ރާއްޖޭގެ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކަންކަން އިސްލާހުކުރުމަށް އދ. ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ކޮމިޓީން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.

އދ. ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޓީން މިކަމަށް ގޮވާލާފައިވަނީ، އެ ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން ހަތް ގައުމެއްގެ ކުޑަކުދިންގެ ހައްގުތަކުގެ ހާލަތު މުރާޖައާކުރުމަށްފަހު އިއްޔެ ނެރުނު ރިޕޯޓުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ރިޕޯޓުގައި ރާއްޖެއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ގޭތެރޭގެ އަނިޔާ އާއި ޖިންސީ އަނިޔާގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށާއި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހުރަސްއަޅާ އިޖުތިމާއީ އަދި ސަގާފީ ބައެއް ކަންކަމާ މެދުވެސް ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އދ. ގެ ކޮމިޓީން ރާއްޖެއަށް ދީފައިވާ މުހިންމު ލަފާދޭ އިރުޝާދުތަކުގެ ތެރޭގައި:

  • ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެކުލަވައިލާފައިވާ "ނޭޝަނަލް އެކްޝަން ޕްލޭން ފޯ ޕްރިވެންޝަން އެންޑް ރެސްޕޮންސް ޓު ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން" ހަރުދަނާގޮތެއްގައި ތަންފީޒުކުރުން.
  • ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގާ ބޮޑެތި މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމަށް އިސްކަންދިނުން.
  • އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމަށް ބާރުއެޅުމުގެ ގޮތުން، މުޖުތަމައުގެ އިސްވެރިންނާއި، ދީނީ އިލްމުވެރިން އަދި މީޑިއާ މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން.
  • ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް ފިޔަވަޅު އެޅުމުގައި ފުލުހުންނާއި ސޯޝަލް ވޯކަރުންގެ ގާބިލުކަން އިތުރުކުރުން

މީގެ އިތުރުން، ރާއްޖޭގެ ކުޑަކުދިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރުވަމުންދާތީއާއި، ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތަކާ މެދުވެސް ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ނަފްސާނީ ސިއްހަތުގެ ބިލު ފާސްކޮށް، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓެޖީއެއް އެކުލަވައިލުމަށް ވަނީ ލަފާދީފައެވެ.

އަދި ސްކޫލް މުގައްރަރުގެ ތެރެއިން އުމުރާ ގުޅޭގޮތަށް ޖިންސީ އަދި ފުރާވަރުގެ ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމަށްވެސް އދ. އިން ވަނީ އިރުޝާދު ދީފައެވެ.

އދ. ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ކޮމިޓީން މި ރިޕޯޓު ނެރެފައިވަނީ ރާއްޖޭގެ އިތުރުން ކޮލަމްބިއާ، އިތިއޯޕިއާ، ގާނާ، މެލޭޝިއާ، ޕާކިސްތާން އަދި ސްޕެއިންގެ ހާލަތު ބެލުމަށްފަހުގައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރާއްޖެއިން އަމަލުކުރާ މިންވަރު ދެނެގަތުމަށް ބޭނުންކުރެވޭނެ މުހިންމު ނުކުތާތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ފާސްކުރި މަރުގެ އަދަބުގެ ގާނޫނު ތަންފީޒުކުރުމަކީ ހަނގުރާމައިގެ ކުށެއް: އދ.ދުނިޔެ | މަހެއް ކުރިންގދ. ގައްދޫގެ ތުނޑުކުނަލެއް، އދ. ގެ މައި މަރުކަޒުގައިޚަބަރު | މަހެއް ކުރިންޔަހޫދީން ލުބްނާނަށް ދިން ލާއިންސާނީ ޙަމަލާތަކާއެކު އދގެ ކަންބޮޑުވުންދުނިޔެ | 2 މަސް ކުރިންރާއްޖޭގެ ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފިޚަބަރު | 3 މަސް ކުރިން