logoEN
ޚަބަރު

ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނަން: އެސްޓީއޯ

ފެނަކަ އޮފީސް

ފެނަކަ އޮފީސް

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ

28 އޯގަސްޓު 2024 - 14:39

ފެނަކަ ކޯޕަރޭޝަން އަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިން ކޯޕަރޭޝަން (އެސްޓީއޯ) އިން ދީފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ބަދަލުކުރުމާ ގުޅިގެން އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ، ފެނަކައިން ކުރާ ހޭދައިގެ ތެރެއިން އެންމެ ބޮޑު ހޭދައަކީ ތެލަށް ކުރާ ހޭދަކަމުން، އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ދެ ކުންފުންޏަށް ލިބޭނެ ފައިދާއާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރަށް ޕްރޮޕޯސަލްއެއް ހުށަހެޅުނު ކަމަށެވެ.

އެގޮތުން އެސްޓީއޯއިން ބުނީ އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްއާ އެކު ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް މިދިޔަ އާދިއްތަ ދުވަހު ސަރުކާރުން ނިންމާފައިވާއިރު، އެކަމާ އެކު ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ވަގުތީ ގޮތުން އެކުލަވާލެވުނު ފެނަކައިގެ ބޯޑުގައި ހިމެނެނީ:

  1. އެސްޓީއޯގެ މަންދޫބުން،
  2. ފިނޭންސް މިނިސްޓްރީގެ މަންދޫބުން އަދި،
  3. އެންވަރަމެންޓް މިނިސްޓްރީގެ މަންދޫބުން.

އަދި އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު، އެސްޓީއޯގެ ގަވަނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަނުކުރާ އުސޫލަށް، އެ ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަނުކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.

އެއާއެކު އެސްޓީއޯއިން ބުނީ، ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާ ކަމަށްވާއިރު، އެ ފައިސާ އެ ގްރޫޕަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހެދި އެއާ އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް ވެސް އެކުންފުނިން މަސައްކަތްކުރާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ކޮމެންޓް

871x217_placeholder