logoEN
ކުޅިވަރު

އޭ.އެފް.ސީ ޗެލަންޖް ލީގުގައި މާޒިޔާ ކުޅުނު ދެވަނަމެޗުންވެސް ބަލިވެއްޖެ.

އޭ.އެފް.ސީ ޖެލަންޖް ލީގުގައި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭ.އެފް.ސީ

އޭ.އެފް.ސީ ޖެލަންޖް ލީގުގައި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭ.އެފް.ސީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

30 އޮކްޓޯބަރު 2024 - 03:54

އޭ.އެފް.ސީ ޗެލަންޖް ލީގުގެ ގްރޫޕް ބީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. އިއްޔެ ކުވެއިތުގެ އަލް އަރަބި އެސް.ސީ އާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާއިން ބަލިވީ 2-0 ން ނެވެ.މެޗުގެ ކުރީކޮޅު އަލް އަރަބީއިން ވަނީ މާޒިޔާއަށް ކޮޅަށް ގޯލުޖަހާފައެވެ. އެއީ މެޗުގެ 7 ވަނަ މިނެޓުގައި ހަމްޒާ ޚަބާ ނެގި ކޯނަރަކުން ޔޫސުފް މާޖިދު ބޮލުންޖެހި ގޯލެކެވެ. އަދި އޭގެ އެންމެ މިނެޓެއްފަހުން ހަމްޒާ ޚަބާ އަނެއްކާވެސް ވަނީ އަލްއަރަބި ގެ ޔޫސުފް މާޖިދަށް އެސިސްޓެއްދީ މެޗުގެ ދެވަނަ ގޯލު ޖަހާފައެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައިވެސް އަލް އަރަބި އަށް ލީޑު އިތުރުކުރުމުގެ ފުރުސަތެއް ލިބި އެފުރުސަތުވަނީ ގެއްލުވާލާފައެވެ. ޔޫސުފް މާޖިދުގެ ވަރުގަދަ ޝޮޓެއް މާޒިޔާގެ ގޯލްކީޕަރު ނެމަންޖާ ލެމާޖިކް ވަނީ ދިފާއުކޮށްފައެވެ.މާޒިޔާއިއަށް ގޯލުޖަހައި ފަރަގު ކުޑަކުރުމަށް މެޗުގެ 31 ވަނަ މިނެޓުގައި ފުރުސަތުލިބިގެންދިޔައެވެ. އެހެންނަމަވެސް މާޒިޔާގެ ވިލްކްސަން އަށް ލިބުނު ފުރުސަތު ވަނީ ގެއްލުވާލާފައެވެ. އަދި އޭގެ 7 މިނެޓު ފަހުން ވިލްކްސަން ޖެހި ބާރު ޝޮޓު އަރަބީގެ ގޯލްކީޕަރު ސުލައިމާން އަބްދުލްޣަފޫރު ވަނީ ސާލާމަތްކޮށްދީފައެވެ. މާޒިޔާއަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ފުރުސަތަކީ ފުރަތަމަ ހާފު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ހަމްޒާއަށް ލިބުނު ހުސްފުރުސަތެވެ. އެހެންނަމަވެސް ހަމްޒާ ފޮނުވާލި ބާރު ޝޮޓުވެސް ވަނީ އަލް އަރަބި ގެ ގޯލް ކީޕަރު ޙަސަން ދިފާއުކޮށްފައެވެ.މެޗުގެ ދެވަނަ ހާފުގައި އަލް އަރަބީއިން ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް މާޒިޔާގެ ގޯލްކީޕަރު ލެމާޖިކްގެ ފަރާތުން ވަނީ މޮޅުކުޅުމެއް ދައްކައި އަލް އަރަބި ލީޑު ފުޅާކުރުން ހުއްޓުވާފައެވެ.މި ބައްޔާއެކު މާޒިޔާއިން ވަނީ ގްރޫޕް ބީގައި ކުޅުނު ދެ މެޗުންވެސް ބަލިވެ ގެއްލުން ތިން ގޯލާއެކު ގްރޫބް ބީގެ ފުލަށް ވެއްޓިފައެވެ. މި މުބާރާތުގައި މާޒިޔާއިން ދެން ބައްދަލުކުރާނީ ތާވަލުގެ ދެވަނައިގައި އޮތް ކިރިގިސްތާނުގެ އަބްދިޝާޓަކަންޓް އާ ދެކޮޅަށެވެ. މި މެޗުން މާޒިޔާ ބަލިވެއްޖެނަމަ މުބާރާތުގައި އިތުރަށް ކުރިޔަށްދިޔުމުގެ ފުރުސަތު މާޒިޔާއަށް ގެއްލޭނެއެވެ.

ކޮމެންޓް

871x217_placeholder