logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަލް އަރާބީ އަތުން ބަލިވެ މާޒިޔާ އަށް ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގެ ފުރުސަތު ގެއްލިއްޖެ

އަބްދުﷲ ޣާނިމް
12 އޯގަސްޓު 2025 - 13:30
އަލް އަރަބް އާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން | ފޮޓޯ: އޭއެފްސީ
އަލް އަރަބް އާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން | ފޮޓޯ: އޭއެފްސީ

އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުން މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ އެވެ. މާޒިޔާއަށް މުބާރާތުގެ ފުރުސަތު ގެއްލުނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުވައިތުގެ އަލް އަރާބީއާ ދެކޮޅަށް ކުޅުނު ކޮލިފިކޭޝަން މެޗުން 4-0 ން އަލް އަރާބީ ކާމިޔާބުކުރުމާ ގުޅިގެންނެވެ.

މިދިޔަ އަހަރު މުޅިން އަލަށް ފެށި ޗެލެންޖް ލީގުގައި މާޒިޔާ އާއި އަލްއަރާބީ އަށް ވެސް ގުރޫޕް ސްޓޭޖުން ސީދާ ޖާގަ ލިބުނެވެ. ގުރޫޕް ސްޓޭޖްގައި އަލް އަރާބީއާ ދެކޮޅަށް ކުވައިތުގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-0 ންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗަށް ބަލާއިރު މެޗު ފެށިގެން ތިން މިނެޓްތެރޭ އަލް އަރާބީން ލީޑް ނަގައި ލަނޑެއްޖަހާފައިވާއިރު އެ ލަނޑު ޖެހީ އެ ޓީމުގެ ބިދޭސީ ފޯވާޑް އަނޔޯ އައިވޯލާ އެވެ. އަދި ދެވަނަ ލަނޑު 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ޖޫލިއަން ނަގޯއީ އެވެ.

އަލް އަރާބީން ތިންވަނަ ލަނޑުޖެހީ މެޗުގެ ދެވަނަ ހާފު ފަށައިގެން 10 މިނެޓުވެސް ނުވަނީހެވެ . އެ ލަނޑު ޖެހީ ކްރިސްޓޮފާ ޖޯން އެވެ. މެޗުގެ 87 ވަނަ މިނެޓްގައި ހުސައިން އަޝްކަނާނީ އަލް އަރާބީގެ ހަތަރު ލަނޑު ޖެހި އެވެ.

މި މެޗު މާޒިޔާއިން ކުޅެފައިވަނީ ރަސްމީ އެއްވެސް މުބާރާތެއްގައި ވާދަނުކުރާތާ އަހަރެއް ފަހުންނެވެ. އެހެންކަމުން މިކަމުގެ އަސަރު ރާއްޖޭގެ ޤައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން އަންނަނީ ފެންނަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 20 ދުވަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާއިން 100% ގެ ރެކޯޑް ދަމަހަށްޓައިފިކުޅިވަރު | 25 ދުވަސް ކުރިންބޮޑު ތަފާތަކުން ގްރީން ބަލިކޮށް، މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 2 މަސް ކުރިން100% ރެކޯޑާއެކު މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 3 މަސް ކުރިން