logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޮޑު ތަފާތަކުން ގްރީން ބަލިކޮށް، މާޒިޔާ ތާވަލުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
25 އޮކްޓޯބަރު 2025 - 18:27
ފޮޓޯ: މާޒިޔާ
ފޮޓޯ: މާޒިޔާ

ދިރާގު ދިވެހި ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާރީޚީ އެއް ނަތީޖާއެއް ހޯދައި، ކުލަބް ގްރީން ސްޓްރީޓްސް އަތުން ބޮޑު ތަފާތަކުން މޮޅުވެ ލީގު ތާވަލުގެ އެއްވަނަ ހޯދައިފިއެވެ. މި މެޗު މާޒިޔާއިން ކާމިޔާބު ކުރީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާއެކު މާޒިޔާ އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެން ލީގުގެ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ނިއުއަށް އެއްވަނައަށް އެރެން އޮތީ އަންގާރަ ދުވަހުގެރޭ ކުލަބް އީގަލްސް ބަލިކޮށްގެންނެވެ.

މި މެޗުގައި ގްރީން ސްޓްރީޓްސްގެ އެއްވަނަ ކީޕަރު އަހުމަދު ރަމީޒް ކުރިން ކުޅުނު މެޗެއްގައި އަތުގެ އިނގިލި ބިނދައިގެން ގޮސްފައިވުމުން މި މެޗުގައި ފެށީ ބަދަލު ކީޕަރު ޔަނާލް މުނީޒްއާ އެކުގައެވެ. ނަމަވެސް މެޗުގެ ތެރެއިންއޭނާވެސް ބަދަލު ކުރަން ޖެހި، ގްރީންގެ ތިންވަނަ ކީޕަރު މިފްޒާލް އިދުރީސް ކުޅެން އެރުވިއެވެ. ގްރީން އަށް ދިމާވި މި ގިނަ މައްސަލަތަކުގެ ފައިދާ މާޒިޔާއިން ވަނީ ހީވެސްނުކުރާ މިންވަރަކަށް ނަގައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ލަނޑުތައް ޖަހަން ފެށީ މެޗުގެ 20 ވަނަ މިނިޓުން ފެށިގެންނެވެ. ފުރަތަމަ ލަނޑު ކާމިޔާބުކުރީ ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ އެވެ. އޭގެ ފަސް މިނިޓު ފަހުން ހަމްޒާ މުހައްމަދު ހިލޭޖެހުމަކުން ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ. ތިންވަނަ ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި ޖެހީ ނާއިޒް ހަސަން ބޮލުން ގޯލަށް ޖެހިއެވެ. އަދި މެޗުގެ 37 ވަނަ މިނިޓުގައި ހަމްޒާ ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި ސާޖިއޯ މެންޑީ ހަތަރުވަނަ ލަނޑު ޖެހި އެވެ. ފުރަތަމަ ހާފުގެ ފަހު ލަނޑު (ފަސްވަނަ ލަނޑު) ޕޯޗުގަލް ޑިފެންޑަރ ލުއިސް އެލްމެއިޑަރ ކޯނަރުން ބޮލުން ޖަހައިގެން ކާމިޔާބުކުރިއެވެ.

ދެވަނަ ހާފުގައި މާޒިޔާއިން އިތުރު ހަތަރު ލަނޑު ޖެހިއެވެ. މެޗުގެ 54 ވަނަ މިނިޓުގައި ހަވަނަ ލަނޑު އައިސަމް އިބްރާހިމް ކާމިޔާބުކުރީ ހައިޝަމް ހަސަން ނަގައިދިން ބޯޅައަކުންނެވެ. އޭގެފަހުން ސާޖިއޯ މެންޑީ މެޗުގައި އޭނާގެ ތިންވަނަ ލަނޑު (ހަތްވަނަ ލަނޑު) ޖަހައި ހެޓްރިކް ފުރިހަމަކުރި އެވެ. މެޗުގައި މެންޑީ ވަނީ ދެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އޭނާ މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައިވެސް ހެޓްރިކެއް ހެދި އެވެ. މާޒިޔާގެ އަށްވަނަ އަދި ނުވަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން އެވެ.

މި ނަތީޖާއަކީ މިފަހަރުގެ ލީގުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ބޮޑު ތަފާތެވެ. އަދި މި ނަތީޖާއާއެކު، މާޒިޔާއިން ލީގުގައި މިހާތަނަށް ކުޅުނު5 މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު، ޖުމްލަ 22 ލަނޑު ޖަހާފައިވެއެވެ. ދެވަނައިގައި އިތީ އެއްމެޗު މަދުން ކުޅެ ނިއުރޭޑިއަންޓްއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު ތަފާތަކުން ގްރީން ބަލިކޮށް، މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | 7 ދުވަސް ކުރިންއޮޑީގެ މޮޅުވުމުގެ ރެކޯޑް އީގަލްސް އިން ހުއްޓުވައިފިކުޅިވަރު | 12 ދުވަސް ކުރިންލެގަސީ ޑާބީއެއް: ވާދަވެރި ނިއުރޭޑިއަންޓާއި ވެލެންސިއާގެ ކުރިމަތިލުމެއް މިއަދުކުޅިވަރު | މަހެއް ކުރިން100% ރެކޯޑާއެކު މާޒިޔާ ތާވަލުގެ އެއްވަނައަށްކުޅިވަރު | މަހެއް ކުރިން