ގައްދޫގެ ކޯޗުގެ މަޤާމުން ނަޒީހު ވަކިކޮށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފި
އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2026 - 21:27

ދިވެހި ޕްރިމިއަރ ލީގުގައި އަލަށް ވާދަކުރާ ގައްދޫ ރެކްރިއޭޝަން ކުލަބުގެ ކޯޗު މުޙައްމަދު ނަޒީހާއެކު ވެފައިވާ އެއްބަސްވުން، ދެފަރާތް މަޝްވަރާކޮށް އެއްބަސްވެގެން އުވާލައިފިއެވެ.
ގައްދޫ ފުރަތަމަ ޑިވިޝަނަށް ގެނެސްދިން ނަޒީހު މަޤާމުން ވަކިކުރީ މި ސީޒަނުގެ ލީގުގައި ކުޅުނު ހަ މެޗުންވެސް ބަލިވުމާ ގުޅިގެންނެވެ. މީގެ ތެރޭގައި އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުވެސް ހިމެނެއެވެ.ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމަށްފަހު، އެ ޓީމު އަލުން ކުޅެން ނުކުންނާނީ އައު ކޯޗަކާއެކުގައެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
