logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ތާވަލުގެ ފުލުގައި އޮތް ޓީސީއަތުން ބަލިވެ މާޒިޔާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް

އަބްދުﷲ ޣާނިމް
18 ޑިސެމްބަރު 2025 - 14:38
ފޮޓޯ: ޓީސީ ސްޕޯރޓްސް ކުލަބް
ފޮޓޯ: ޓީސީ ސްޕޯރޓްސް ކުލަބް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ތާވަލުގެ ފުލުގގައި އޮތް ޓީސީ ސްޕޯޓްސް ކުލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގުގައި ހުރިހާ މެޗަކުން މޮޅުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސްފިއެވެ. މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު މާޒިޔާއަށް ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް 10 މެޗުން 25 ޕޮއިންޓް ލިބިފައިވެއެވެ. މިއީ މާޒިޔާ ލީގުގައި ޕޮއިންޓެއް ގެއްލުވާލި ފުރަތަމަ ފަހަރެވެ.

މި މެޗަށް ނުކުތް އިރު، މާޒިޔާއިން ވަނީ މެޗު ފަސޭހަކޮށްލައި އާއްމުކޮށް މާޒިޔާގެ ފުރަތަމަ އެގާރައިން ފެންނަ އަހުމަދު އައިހަމް އާއި ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ ބެންޗުގައި ބައިންދައިގެން ފަށާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 9 ވަނަ މިނިޓުގައި މުހައްމަދު އިލާން އިމްރާން އޭރިއާ ބޭރުން ގެންދިޔަ ބޯޅައެއް އޭރިއާ ތެރެއިން ކުރިއަށް ޖެހި ޓީސީގެ ބިދޭސީ ކީޕަރު ވަނީ މަތަކޮށްފައެވެ. އަދި 24 ވަނަ މިނިޓުގައި އިލާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން ހަސަން ނަޒީމް އާއި ހަމްޒާ މުހައްމަދަށް ވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް އައިސް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ދެވަނަ ހާފު ފެށުނުއިރު އެކަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، މާޒިޔާއިންވަނީ މެޗުގެ 57 ވަނަ މިނިޓުގައި ލަނޑުޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ ހަމްޒާ އޭރިއާ ތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ އޭރިއާ ތެރޭގައި ހުރި ނާއިޒް ހަސަން ގޯލަށް ވައްދާލައިގެންނެވެ.

މާޒިޔާގެ ލަނޑަށް ފަހުވެސް ޓީސީން ވަނީ ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. ޓީސީގެ މުހައްމަދު އަޖުފާން މެޗުގެ ފަހު މިނިޓުގައި އޭރިއާ ފޮނުވާލި ބާރު ހަމަލާ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް، މެޗުން ޓީސީއަށް ޕޮއިންޓެއް ކަށަވަރުވީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ޓީސީގެ ނައިޖީރިއާ ފޯވާޑް އިބްރާހިމް ޖިމޯ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފަ ނުކުތުމުން އަހުމަދު މާއިޝް ރަޝީދު ވަނީ އެ ބޯޅަ ގޯލަށް ވައްދާލާފައެވެ.

މި ނަތީޖާއަކީ ލީގުގެ ތާވަލުގެ އެންމެ ފުލުގައި އޮތް ޓީސީއަށް ލިބުނު ވަރަށް މުހިންމު ޕޮއިންޓެކެވެ. މިއީ ޓީސީން މި ލީގުގައި އެއްވަރުކުރި ތިންވަނަ މެޗެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށްކުޅިވަރު | މަހެއް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | މަހެއް ކުރިންތާވަލުގެ ފުލުގައި އޮތް ޓީސީއަތުން ބަލިވެ މާޒިޔާގެ މޮޅުވުމުގެ ރެކޯޑް ނިމުމަކަށްކުޅިވަރު | 4 މަސް ކުރިންވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިކުޅިވަރު | 4 މަސް ކުރިން