logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޮޑީގެ މޮޅުވުމުގެ ރެކޯޑް އީގަލްސް އިން ހުއްޓުވައިފި

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2025 - 13:36
އޮޑީގެ މޮޅުވުމުގެ ރެކޯޑް އީގަލްސް އިން ހުއްޓުވައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން އޮޑި ސްޕޯރޓްސް އާއި ވާދަކޮށް 0-0 އިން އެއްވަރުކޮށް، އޮޑި ސްޕޯޓްސް ކްލަބުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ހުއްޓުވައިފި އެވެ.

މި މެޗުން ދެ ގޯލުގެ ފަރަގަކުން މޮޅުވެގެން ލީގުގެ އެއްވަނައަށް އެރެން އޮތް އޮޑިއަށް ލިބުނު ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ދެވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އޮޑިއަށް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދިއެވެ. އެގޮތުން މެޗުގެ ދެވަނަ މިނިޓުގައި، އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި، އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު، މުހައްމަދު އަޝްވާން ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފުގައި އޮޑިން އިތުރު ބާރަކާއެކު ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް، އީގަލްސްގެ ކީޕަރު އަޝްވާންގެ މޮޅު ކުޅުމުގެ ސަބަބުން އޮޑިއަށް ގޯލެއް ނުޖެހުނެވެ. އަދި އީގަލްސްއިން ވެސް ކައުންޓަރ އެޓޭކްތަކުގައި ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް، އެ ޓީމަށް ވެސް ގޯލެއް ނުޖެހުނެވެ.

އީގަލްސްގެ ކޯޗުގެ ޒިންމާއާ އަލަށް ހަވާލުވި އަބްދުﷲ ހަނީފް (ބެންޖޯ)ގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދިއިރު، މިއީ މި ފަހަރުގެ ލީގުގައި އީގަލްސް އެއްވަރުވި ދެވަނަ މެޗެވެ. އީގަލްސްއަށް އަދިވެސް މި ސީޒަނުގައި މޮޅެއް ލިބިފައިނުވާއިރު، ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެ ޓީމު އޮތީ ލީގުގެ ނުވަވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޑީގެ މޮޅުވުމުގެ ރެކޯޑް އީގަލްސް އިން ހުއްޓުވައިފިކުޅިވަރު | 17 ގަޑިއިރު ކުރިންލެގަސީ ޑާބީއެއް: ވާދަވެރި ނިއުރޭޑިއަންޓާއި ވެލެންސިއާގެ ކުރިމަތިލުމެއް މިއަދުކުޅިވަރު | 20 ދުވަސް ކުރިންބޮޑު ތަފާތަކުން މޮޅުވެ އޮޑި ތާވަލުގެ އެއްވަނައަށްކުޅިވަރު | 24 ދުވަސް ކުރިންގްރީން ސްޓްރީޓް ބަލިކޮށް ވިކްޓްރީ އަށް ލީގުގެ ފުރަތަމަ މޮޅުކުޅިވަރު | މަހެއް ކުރިން