logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު ނިއުބަލިކޮށް 100% ރެކޯޑާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފި

އަބްދުﷲ ޣާނިމް
28 ނޮވެމްބަރު 2025 - 13:31
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފުރަތަމަ ބުރު ނިންމާލާފައެވެ. މާޒިޔާ އިން ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވެ، 9 މެޗުން 27 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތީ 8 ޕޮއިންޓުގެ ލީޑަކާ އެކުއެވެ. މާޒިޔާ އަކީ ފަހުގެ 4 ސީޒަންގެ ލީގު ޗެމްޕިއަނެވެ.

މާޒިޔާ އަތުން ބަލިވި ނިއު ރޭޑިއަންޓް ވަނީ 17 ޕޮއިންޓާ އެކު ފުރަތަމަ ބުރު ނިންމާލާފައި ލީގުގެ ތިން ވަނައިގައެވެ. ނިއު އަށް ފުރަތަމަ ބުރުގެ ފަހު ތިން މެޗުން މޮޅެއް ނުލިބުނުއިރު، ފަހު ދެ މެޗުން ބަލިވީ މާޒިޔާ އާއި ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބް އަތުންނެވެ. އޮޑި 19 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން އޮޑި މޮޅުވެއްޖެނަމަ، މާޒިޔާގެ ލީޑު 5 ޕޮއިންޓަށް ކުޑަވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ނިއު އިން ލީޑު ނެގިއެވެ. ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ޖެހި މި ގޯލަކީ، މާޒިޔާގެ ޕޯޗުގީސް ޑިފެންޑަރު، ލުއިސް އަލްމައިޑާ ބޮލުން ޖައްސާލި ބޯޅައެއް ކީޕަރު ހުސެން ޝަރީފް (ހުސެން) އަތަށް ނަގަން އުޅުމުގެ ތެރޭގައި އޭނާ އަތުން ހޯދައިގެން ޖެހި ގޯލެކެވެ. ނިއު ލީޑު ނެގުމަށްފަހު މާޒިޔާ އިން ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު، ގިނަ ހަމަލާތައް ގޯލާ ސީދާ ނުވެ ބޭރަށް ދިޔައެވެ.

ފުރަތަމަ ހާފުގެ ފަހުގަޑީގައި މާޒިޔާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އިތުރު ވަގުތުގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ބޯޅަ ލިބުނު އަހުމަދު އައިހަމް (ފަތޯ) ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

ދެ ވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ނިއުގެ ކީޕަރު ކަވީޝްގެ އަނިޔާ ރަނގަޅު ނުވުމުގެ ސަބަބުން އޭނާގެ ބަދަލުގައި ކުރިން މާޒިޔާ އަށް ކުޅުނު އަބްދުﷲ ޒިމާމް ކުޅެން އެރުވިއެވެ. މާޒިޔާ އިން ލީޑު ނެގީ 72 ވަނަ މިނިޓްގައި ހަމްޕު ޖެހި ގޯލުންނެވެ. މިއީ އައިހަމް ތިރިތިރިން ނަގައިދިން ހުރަހަކަށް ހަމްޕު ޖެހި ގޯލެކެވެ. މި ލަނޑުގެ ކުރިން އައިހަމް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ނިއު އިން ބަދަލުތަކެއް ގެނެސް ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް މާޒިޔާ އިން ވަނީ ރަނގަޅަށް ޑިފެންސްކޮށް ލީޑު ހިފަހައްޓާފައެވެ. މެޗުގެ އިތުރު ވަގުތުގައި ނިއުގެ ވިޖުއްކޮ އަށް މާޒިޔާ އޭރިއާތެރެއިން ފައުލުކުރި ކަމަށް ބުނެ ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް ރެފްރީ ހުސެއިން ސިނާން ނިންމީ ފައުލެއް ނޫން ކަމަށެވެ. މީގެ އިތުރުން ނިއުއިން ވަނީ މެޗުގެ ކުރީކޮޅުގައިވެސް ޕެނަލްޓީއަކަށް އެޕީލް ކޮށްފައެވެ.

ލީގުގައި މިރޭ ކްލަބް އީގަލްސް ކުޅޭނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ދެގޯލާއެކު ނިއުއަށް މުހިންމު މޮޅެއްކުޅިވަރު | 25 ދުވަސް ކުރިންނިއު އާއި އޮޑި އެއްވަރުވެ، މާޒިޔާއަށް ލީގުގެ ކޮންޓްރޯލް އެއްކޮށް ލިބިއްޖެކުޅިވަރު | މަހެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | މަހެއް ކުރިންފުޓްބޯޅަ ދިރުވައި ފުޓްބޯޅައި އައު ޖީލެއް ބިނާކުރުމަށް ނިއު އަށް ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރެއް!ކުޅިވަރު | މަހެއް ކުރިން