logo
MPL

MPL

ކުޅިވަރު

ލީގު ފޭސްގެ ފަހު މެޗުގައި މާޒިޔާ އާއި ނިއު އެއްވަރު، ފައިނަލުގައިވެސް ވާދަކުރާނީ މި ދެޓީމު

އަބްދުﷲ ޣާނިމް
16 އޯގަސްޓު 2026 - 20:00
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ ޓީމް
ފޮޓޯ: ނިއުރޭޑިއަންޓް މީޑިޔާ ޓީމް

މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕުގެ ލީގު ބުރުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއުރޭޑިއަންޓް ނިންމާލައިފިއެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މާޒިޔާ، ނިއުރޭޑިއަންޓް، ބުރު ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބެވެ.

އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗަށް މި ދެ ޓީމު ނިކުތްއިރުވެސް ފައިނަލުގެ ޖާގަ ކަށަވަރުވެފައިވާއިރު، މި މެޗުގެ ނަތީޖާއާއެކު ދެ ޓީމަށްވެސް ލީގު ބުރުގައި ލިބުނީ ހަތް ޕޮއިންޓެވެ. ނަމަވެސް ނިއުރޭޑިއަންޓަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗު ފަށައިގެން 14 ވަނަ މިނިޓާއި 17 ވަނަ މިނިޓުގައި ނިއުރޭޑިއަންޓަށް ލީޑު ނަގައިދޭން އަލީ ފާސިރު (ސެންޓޭ) އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭގެ ތެރެއިން 14 ވަނަ މިނިޓުގައި މާޒިޔާގެ އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ފާސިރު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާއިން ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބެންޖެމެން ތޯމަސް ކުކޫ އަށް ކައިރިކައިރީގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް، މެޗުގެ 63 ވަނަ މިނިޓްގައި ނާސިހު އަހުމަދު ޝިހާމް ނަގައިދިން ހުރަހަކުން ޗަބެލް ގޮމޭޒް ވަނީ ލަނޑެއް ޖަހައި މާޒިޔާއަށް ކުރިހޯދައިދީފައެވެ.

މާޒިޔާގެ ލަނޑަށްފަހު ނިއުރޭޑިއަންޓުން ކުރިއަށް ޖެހި ބާރުބޮޑުކުރިއިރު، މެޗުގެ 72 ވަނަ މިނިޓްގައި އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ އީތަން އިބްރާހީމް ޒަކީ ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަހުމަދު ހުސާމް ކާމިޔާބުކުރި ލަނޑެކެވެ.

މި މުބާރާތުގެ ފައިނަލުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެރެއެވެ. މި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް މި ދެ ޓީމު ވާދަކުރިއިރު، އެ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ މާޒިޔާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާރާމާރީތަކާއެކު ބިރުދައްކައި މަދުބަޔަކު ރާއްޖޭގެ ފުޓްބޯޅަ ހަލާކުކުރަނީ! އެޅޭނެ ފިޔަވަޅެއްވެސް ނެތް؟ރިޕޯޓް | 18 ދުވަސް ކުރިންނިއުރޭޑިއަންޓްގެ ކޯޗިން ސްޓާފަށް ދިން ނުރައްކާތެރި ހަމަލާ އިތުރަށް ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިކުޅިވަރު | 18 ދުވަސް ކުރިންލީގުގައި ބަލިނުވެ 46 މެޗު ހަމަކުރި މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓުން އެޓީމުގެ ފެންވަރުދައްކާލައިފިކުޅިވަރު | 19 ދުވަސް ކުރިންމައިލޯ އެލީޓް އެކަޑެމީ ޗެމްޕިއަންޝިޕްގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް ނިއުގެ 15 އަހަރުން ދަށުގެ ޓީމަށް ރިހި މެޑަލްކުޅިވަރު | 19 ދުވަސް ކުރިން