ޑިފެންސް ވަރުގަދަ ކުރުމަށް އިންޑިއަންސް ސުޕަލީގަށް ކުޅުނު ސްޕެއިނުގެ މަތިއަސް ހެނާންޑޭޒް ނިއުއަށް ސޮއިކޮށްފި
9 ސެޕްޓެމްބަރު 2026 - 03:33

އިންޑިއަން ސުޕަ ލީގުގެ ކެރެލާ ބްލާސްޓާސް އެފްސީ އަށް ކުޅެމުންދިޔަ ސްޕެއިންގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލުއިސް މަތިއަސް ހެނާންޑޭޒް މިރުއޭނާ (މަތިއަސް ހެނާންޑޭޒް) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ބޮޑެތި އަމާޒުތަކާއެކު ސީޒަން ގަދަކޮށް ފެށި ނިއުރޭޑިއަންޓް ވަނީ ކަޕްވިނާސް ކަޕާއި ސީލްޑްމެޗުގައި މޮޅުކުޅުމެއް ފެނުނުނަމަވެސް ޓީމުގެ ޑިފެންސްގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް މެނޭޖްމަންޓްއަށް ވަނީ ފާހަގަކުރެވިފައެވެ. އެެހެންކަމުން ސީޒަނުގެ ކުރީކޮޅުގައި ޓީމުގެ ޑިފެންސް ބެލެހެއްޓި ލައިބީރިއާގެ ޑިފެންޑަރު އަލްބާޓް ކޭ ސްވަން ގެ ބަދަލުގައި ނިއުއިން އަލަށް ސޮއިކުރި 28 އަހަރުގެ މި ކުޅުންތެރިޔަކީ ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުމުގެ ޤާބިލުކަން ލިބިފައިވާ، ފިޒިކަލީ ވަރުގަދަ ވަރސަޓައިލް ޑިފެންޑަރެކެވެ. ކުޅުންތެރިއެކެވެ. އެހެންކަމުން މަޓިއަސް ގެނައުމަކީ މި ސީޒަނުގައި ނިއު ރޭޑިއަންޓުގެ ސްކޮޑު ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation
މަޓިއަސް އަކީ 2024 ވަނަ އަހަރުން ފެށިގެން އިންޑިއާ ލީގުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ ގޯކުލަމް ކެރެލާ އަށެވެ. އަދި މި ސީޒަން ފެށުނު އިރު އޭނާ ކުޅެފައިވަނީ އިންޑިއަން ސުޕަ ލީގުގެ ކެރެލާ ބްލާސްޓާސް އަށެވެ.
ނިއު ރޭޑިއަންޓުން ބުނެފައިވަނީ މަޓިއަސްގެ ތަޖުރިބާ އަދި އެކި މަގާމުތަކަށް ކުޅުމުގެ ހުނަރުގެ ސަބަބުން ޓީމުގެ މެދުތެރެއާއި ފަހަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
ގިނަ ދުވަސްތަކަކަށްފަހު އައު މެނޭޖްމަންޓަކާއެކު ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް، މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓުން ވަނީ ކުލަބުގެ ތާރީޚުގައި 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މިއާއެކު އެ ކްލަބުން ވަނީ ޖުމްލަ 50 ތަށި ހަމަކޮށްފައެވެ. ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ގޮތުގައި ފާހަގަކުރެވޭ ނިއުރޭޑިއަންޓުން އަންނަނީ މިސީޒަނަށް ޓީމު ވަރުގަދަކޮށް ޓީމުގެ އަސްލުމަޤާމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.


