logo
MPL

MPL

ކުޅިވަރު

ނިއު ބަލިކޮށް މާޒިޔާއިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
19 އޯގަސްޓު 2026 - 20:08
ނިއު ބަލިކޮށް މާޒިޔާއިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަޕް ވިނާސް ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ. ކަޕް ވިނާސް ކަޕް އެންމެ ފަހުން ބާއްވާފައިވަނީ 2008 ވަނަ އަހަރު ކަމަށްވާއިރު، އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓުންނެވެ.

މާޒިޔާއާއި ނިއުރޭޑިއަންޓް އެންމެ ފަހުން ބައްދަލުކުރި ހަތަރު މެޗު ވެސް ނިމުނީ 90 މިނިޓްގެ ތެރޭގައި ނަތީޖާ ނުނެރެވި އެއްވަރުވެގެންނެވެ. އަނެއްކޮޅުން މިއީ ނިއުރޭޑިއަންޓުން ޕެނަލްޓީގައި މާޒިޔާ އަތުން ވިދިވިދިގެން ބަލިވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ޕްރެސިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި އަދި ޗެރިޓީ ޝީލްޑް މެޗުގައި ވެސް މާޒިޔާއިން ވަނީ ޕެނަލްޓީ ޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބުދަ ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގެ ހަތަރުވަނަ މިނިޓްގައި މާޒިޔާއިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑަކީ އިބްރާހީމް މަހުދީ ދިން ބޯޅައަކުން ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް، މެޗުގެ 16 ވަނަ މިނިޓްގައި މާޒިޔާގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނިއުރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ވަނީ އަލުން އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 35 ވަނަ މިނިޓްގައި މާޒިޔާގެ ކުޅުންތެރިން ފައުލަކަށް އެޕީލްކޮށް ކޮންސެންޓްރޭޝަން ދަށްވި ވަގުތުގެ ފައިދާ ނަގައި ފާސިރު ވަނީ ދެވަނަ ފަހަރަށް ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ދެވަނަ ހާފުގައި ދެ ޓީމަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެ، މެޗުގެ 90 މިނިޓް ހަމަވީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި މާޒިޔާގެ އިލާން، އިބްރާހީމް އައިސަމް، ހައިޝަމް ހަސަން އަދި ބެންޖެމިން ތޯމަސް ކުކޫ ވަނީ އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ނިއުރޭޑިއަންޓުގެ ޑޮލިއެރޮންޓަން އަދި މޫސާ ޔާމީން ފޮނުވާލި ޕެނަލްޓީތައް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޒިޔާގެ އަހުމަދު އައިހަމް އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއު ބަލިކޮށް މާޒިޔާއިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފިކުޅިވަރު | 13 ގަޑިއިރު ކުރިންލީގު ފޭސްގެ ފަހު މެޗުގައި މާޒިޔާ އާއި ނިއު އެއްވަރު، ފައިނަލުގައިވެސް ވާދަކުރާނީ މި ދެޓީމުކުޅިވަރު | 4 ދުވަސް ކުރިންޓީސީގެ މެދުތެރޭގެ ތަނބު ޔަޒްދާން ނިއުރޭޑިއަންޓަށް ސޮއިކޮށްފިކުޅިވަރު | 5 ދުވަސް ކުރިންބްރެޒިލްގެ ޑޮރިއެލްޓަން ޖެހިޖެހިގެން ހެދި ދެވަނަ ހެޓްރިކާއެކު މާޒިޔާ ގޮވައިގެން ނިއުރޭޑިއަންޓް ފައިނަލަށްކުޅިވަރު | 14 ދުވަސް ކުރިން