logo
MPL

MPL

ކުޅިވަރު

ޓީސީގެ މެދުތެރޭގެ ތަނބު ޔަޒްދާން ނިއުރޭޑިއަންޓަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
15 އޯގަސްޓު 2026 - 12:51
ޓީސީގެ މެދުތެރޭގެ ތަނބު ޔަޒްދާން ނިއުރޭޑިއަންޓަށް ސޮއިކޮށްފި

ވޭތުވެދިޔަ ނުވަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު ޔަޒްދާން ހުސައިން، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ. އުމުރުން 25 އަހަރުގެ ޔަޒްދާން އަކީ ދަނޑުމަތީގައި ދޫނުދީ ހަނގުރާމަކުރާ، އަދި މެޗުގެ ފަހު ވަގުތާ ހަމައަށްވެސް އެންމެ ފުރިހަމައަށް މަސައްކަތްކުރާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ކުޅުންތެރިއެކެވެ.

މި ސީޒަނުގައި ނިއުރޭޑިއަންޓުން އަމާޒު ހިފާފައިވަނީ ހުރިހާ މުބާރާތްތަކެއް ކާމިޔާބު ކުރުމަށެވެ. އެގޮތުން ކްލަބުގެ މެނޭޖްމަންޓުން ވަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. މީގެ ތެރޭގައި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުގައި އަށް ލަނޑު ޖަހާފައެވެ. މީގެ ތެރޭގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހެދި ހެޓްރިކްވެސް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިއުރޭޑިއަންޓުން މި ސީޒަން ފެށީ ވަރަށް ވަރުގަދަކޮށެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޝީލްޑް މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެ އެއްވަރުވި ނަމަވެސް، ނިއުރޭޑިއަންޓް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕް ކަޕްގައި ނިއުރޭޑިއަންޓުން ވަނީ މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ކަޕް ވިނާސް ކަޕް ކަޕްގެ ފައިނަލްގައި ނިއުރޭޑިއަންޓް ބައްދަލުކުރާނީ ވާދަވެރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެވެ. މި ފޯރިގަދަ ފައިނަލް މެޗު އޮންނާނީ އޮގަސްޓް މަހުގެ 19 ވާ ހޯމަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ. ޔަޒްދާން ފަދަ ހިތްވަރުގަދަ ކުޅުންތެރިއަކު ޓީމާ ގުޅުމަކީ ނިއުރޭޑިއަންޓްގެ މެދުތެރެ އިތުރަށް ވަރުގަދަވެ،ސީޒަނުގެ ޓީމުގެ އަމާޒަށް ވާސިލުވުމަށް ލިބުނު ބޮޑު ބާރެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާރާމާރީތަކާއެކު ބިރުދައްކައި މަދުބަޔަކު ރާއްޖޭގެ ފުޓްބޯޅަ ހަލާކުކުރަނީ! އެޅޭނެ ފިޔަވަޅެއްވެސް ނެތް؟ރިޕޯޓް | 18 ދުވަސް ކުރިންނިއުރޭޑިއަންޓްގެ ކޯޗިން ސްޓާފަށް ދިން ނުރައްކާތެރި ހަމަލާ އިތުރަށް ބަލައި ފިޔަވަޅުއެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިކުޅިވަރު | 18 ދުވަސް ކުރިންލީގުގައި ބަލިނުވެ 46 މެޗު ހަމަކުރި މާޒިޔާ ބަލިކޮށް ނިއުރޭޑިއަންޓުން އެޓީމުގެ ފެންވަރުދައްކާލައިފިކުޅިވަރު | 19 ދުވަސް ކުރިންމައިލޯ އެލީޓް އެކަޑެމީ ޗެމްޕިއަންޝިޕްގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް ނިއުގެ 15 އަހަރުން ދަށުގެ ޓީމަށް ރިހި މެޑަލްކުޅިވަރު | 19 ދުވަސް ކުރިން