logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބްރެޒިލްގެ ޑޮރިއެލްޓަން ޖެހިޖެހިގެން ހެދި ދެވަނަ ހެޓްރިކާއެކު މާޒިޔާ ގޮވައިގެން ނިއުރޭޑިއަންޓް ފައިނަލަށް

އަބްދުﷲ ޣާނިމް
6 އޯގަސްޓު 2026 - 20:10
ފޮޓޯ: ނިއުރޭޑިއަންޓް މީޑިއާ ޓީމް
ފޮޓޯ: ނިއުރޭޑިއަންޓް މީޑިއާ ޓީމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ކަޕް ވިނާސް ކަޕްގެ ފައިނަލުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޖާގަ ހޯދައިފިއެވެ. ނިއުރޭޑިއަންޓުން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބްގެ މައްޗަށް 5-3 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި ނަތީޖާއާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ވަނީ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ.

މި މެޗުގައި ނިއުރޭޑިއަންޓްގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ ވަނީ ހެޓްރިކެއް ހަދާފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހިޖެހިގެން ހެދި ދެވަނަ ހެޓްރިކެވެ. މެޗުގެ ހަތަރުވަނަ މިނިޓާއި 19 ވަނަ މިނިޓުގައި ލަނޑު ޖަހައި ޑޮރިއެލްޓަން ނިއުއަށް ލީޑު ނަގައިދިންއިރު، އޭނާގެ ހެޓްރިކް ފުރިހަމަކުރީ 51 ވަނަ މިނިޓުގައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަވަނަ ގޯލެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިއުރޭޑިއަންޓްގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އީތާން އިބްރާހީމް ޒަކީ އާއި އަމްދާން އަލީއެވެ. އީތާންގެ މި ލަނޑަކީ މި ސީޒަނުގައި ނިއުއާ ގުޅުނު ފަހުން އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އޮޑި ސްޕޯޓްސް ކްލަބުން މެޗުގެ ފަހުކޮޅު ތިން ލަނޑު ޖަހައި ފަރަގު ކުޑަކުރިއެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އިބްރާހީމް ވަހީދު ހަސަން، މުޒްދާން އަދި މުހައްމަދު ޝަޚާއު އެވެ.

ކަޕް ވިނާސް ކަޕަކީ އެންމެ ފަހުން 2008 ވަނަ އަހަރު ބޭއްވުމަށްފަހު އަލުން މިއަހަރު ބާއްވަން ފެށި މުބާރާތެކެވެ. 2008 ވަނަ އަހަރުގެ ޗެމްޕިއަން ޓީމަކީ ވެސް ނިއުރޭޑިއަންޓެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ މާޒިޔާ، ނިއުރޭޑިއަންޓް، އޮޑި ސްޕޯޓްސް އަދި ބުރު ސްޕޯޓްސް ކްލަބެވެ.

ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ނިއުރޭޑިއަންޓާއި މާޒިޔާއަށް ފައިނަލުގެ ޖާގަ ކަށަވަރުވީ ބާކީ އެއް މެޗު އޮއްވައެވެ. މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ބައްދަލުކުރާނީ ވެސް މި ދެ ޓީމެވެ. ފައިނަލް މެޗުގެ ކުރިން މި ދެ ޓީމު ބައްދަލުކުރާ މެޗު ވެގެންދާނީ ފައިނަލުގެ ކުރިން ދެ ޓީމުގެ ފެންވަރު ވަޒަންކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެޒިލްގެ ޑޮރިއެލްޓަން ޖެހިޖެހިގެން ހެދި ދެވަނަ ހެޓްރިކާއެކު މާޒިޔާ ގޮވައިގެން ނިއުރޭޑިއަންޓް ފައިނަލަށްކުޅިވަރު | 10 ގަޑިއިރު ކުރިންބޮޑު މެދުކެނޑުމަކަށްފަހު އަލުން ފެށި ކަޕްވިނާސްކަޕް ނިއުރޭޑިއަންޓުން ފެށީ ގަދަކޮށްކުޅިވަރު | 4 ދުވަސް ކުރިންއަންސީޒަނުގައި ހުރިހާ ތަށްޓަކަށް އަމާޒުކޮށް ބަންގްލަދޭޝްގެ ބަސަންދުރައަށް ކުޅޭ ވަރުގަދަ ފޯވާޑްއާއެކު ނިއުރޭޑިއަންޓްއަށް މުހިންމު ކުޅުންތެރިންތަކެއް ސޮއިކޮށްފިކުޅިވަރު | 16 ދުވަސް ކުރިންމިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އީތަން ނިއުރޭޑިއަންޓްއަށް ސޮއިކޮށްފިކުޅިވަރު | 16 ދުވަސް ކުރިން