logo
Bank of Maldives

Bank of Maldives

ކުޅިވަރު

މައިލޯ އެލީޓް އެކަޑެމީ ޗެމްޕިއަންޝިޕްގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް ނިއުގެ 15 އަހަރުން ދަށުގެ ޓީމަށް ރިހި މެޑަލް

އަބްދުﷲ ޣާނިމް
17 ސެޕްޓެމްބަރު 2026 - 07:30
މައިލޯ އެލީޓް އެކަޑެމީ ޗެމްޕިއަންޝިޕްގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް ނިއުގެ 15 އަހަރުން ދަށުގެ ޓީމަށް ރިހި މެޑަލް

އެލީޓް އެކަޑެމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މައިލޯ އެލީޓް އެކަޑެމީ ޗެމްޕިއަންޝިޕްގައި ވާދަކޮށް، މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރުމަށްފަހު ނިއުރޭޑިއަންޓްގެ 15 އަހަރުން ދަށުގެ ޓީމުން މުބާރާތުގެ ރިހި (ސިލްވަރ) މެޑަލް ހޯދައިފިއެވެ.

މި މަހުގެ 12 އިން 13 އަށް ކ. ހުރާ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 16 ޓީމަކުން ވަނީ ވާދަކޮށްފައެވެ. ނިއުގެ އެކަޑެމީ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. އެއަށްފަހު ކުއާޓާ ފައިނަލުގައި އެމްއެސް މޭޓްސް އެކަޑެމީ ބަލިކުރިއިރު، ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ހުއްރިއްޔާ ބަލިކުރުމަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފައިނަލް މެޗުގައި ނިއުރޭޑިއަންޓް ބައްދަލުކުރީ އެޑްވެންޗަރސް އާއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިވި ނަމަވެސް، މިއީ އެ ކްލަބުގެ އެކަޑެމީއިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މެނޭޖްމަންޓުން ދެކެއެވެ.

ނިއުރޭޑިއަންޓްގެ ޒުވާން ޓީމުތަކުން މީގެ ކުރިންވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާއިރު، އެފްއޭއެމްގެ 2026 ވަނަ އަހަރުގެ ނޭޝަނަލް އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ވެސް ނިއުގެ 19 އަހަރުން ދަށުގެ އެކަޑެމީ ޓީމުން ވަނީ މުބާރާތުގެ ދެވަނަ ހޯދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައިލޯ އެލީޓް އެކަޑެމީ ޗެމްޕިއަންޝިޕްގެ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށް ނިއުގެ 15 އަހަރުން ދަށުގެ ޓީމަށް ރިހި މެޑަލްކުޅިވަރު | 3 ގަޑިއިރު ކުރިންޑިފެންސް ވަރުގަދަ ކުރުމަށް އިންޑިއަންސް ސުޕަލީގަށް ކުޅުނު ސްޕެއިނުގެ މަތިއަސް ހެނާންޑޭޒް ނިއުއަށް ސޮއިކޮށްފިކުޅިވަރު | 8 ދުވަސް ކުރިންނިއު ބަލިކޮށް މާޒިޔާއިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފިކުޅިވަރު | މަހެއް ކުރިންލީގު ފޭސްގެ ފަހު މެޗުގައި މާޒިޔާ އާއި ނިއު އެއްވަރު، ފައިނަލުގައިވެސް ވާދަކުރާނީ މި ދެޓީމުކުޅިވަރު | މަހެއް ކުރިން