logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޮޑު މެދުކެނޑުމަކަށްފަހު އަލުން ފެށި ކަޕްވިނާސްކަޕް ނިއުރޭޑިއަންޓުން ފެށީ ގަދަކޮށް

އަބްދުﷲ ޣާނިމް
3 އޯގަސްޓު 2026 - 13:45
ބޮޑު މެދުކެނޑުމަކަށްފަހު އަލުން ފެށި ކަޕްވިނާސްކަޕް ނިއުރޭޑިއަންޓުން ފެށީ ގަދަކޮށް

އެފްއޭއެމްގެ ކަޕް ވިނާސް ކަޕުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބުރު ސްޕޯޓްސް ކުލަބް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗަކީ ގިނަ އަހަރުތަކަކަށްފަހު މި މުބާރާތް އަލުން ފެށި ފުރަތަމަ މެޗެވެ.

ކަޕް ވިނާސް ކަޕް އެންމެ ފަހުން ބާއްވާފައިވަނީ މީގެ 18 އަހަރު ކުރިން 2008 ވަނަ އަހަރުގައެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ އެންމެ ފަހުން ބޭއްވި ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ ނިއުރޭޑިއަންޓާއި ބުރުގެ އިތުރުން ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބެވެ. މި ހަތަރު ޓީމުގެ ތެރެއިން މީގެ ކުރިން މި މުބާރާތުގައި ކުޅެފައިވަނީ ހަމައެކަނި ނިއުރޭޑިއަންޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗު ފެށިގެން އެންމެ 20 ވަނަ ސިކުންތުގައި ނިއުއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނަށް ގެނައި ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯއެވެ. މިއީ މޫސާ ޔާމީން ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގައި ބުރުގެ ތޯއިފް ގާސިމް ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

ދެވަނަ ހާފުގައި ނިއުއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް އިތުރު ހަތަރު ލަނޑު ޖަހާފައެވެ. މެޗުގެ 60 ވަނަ މިނިޓާއި 63 ވަނަ މިނިޓުގައި ލަނޑު ޖަހައި ޑޮރިއެލްޓަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ނިއުގެ ހަތަރުވަނަ ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިންއިރު، ފަހު ލަނޑު 73 ވަނަ މިނިޓުގައި ޖަހައިދިނީ އަބްދުލައި ބިލިޓީއެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު މެދުކެނޑުމަކަށްފަހު އަލުން ފެށި ކަޕްވިނާސްކަޕް ނިއުރޭޑިއަންޓުން ފެށީ ގަދަކޮށްކުޅިވަރު | 3 ގަޑިއިރު ކުރިންއަންސީޒަނުގައި ހުރިހާ ތަށްޓަކަށް އަމާޒުކޮށް ބަންގްލަދޭޝްގެ ބަސަންދުރައަށް ކުޅޭ ވަރުގަދަ ފޯވާޑްއާއެކު ނިއުރޭޑިއަންޓްއަށް މުހިންމު ކުޅުންތެރިންތަކެއް ސޮއިކޮށްފިކުޅިވަރު | 12 ދުވަސް ކުރިންމިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އީތަން ނިއުރޭޑިއަންޓްއަށް ސޮއިކޮށްފިކުޅިވަރު | 12 ދުވަސް ކުރިންއީތަން ޒަކީ ނިއުރޭޑިއަންޓްގެ ޔޫތު ޓީމާ ގުޅިއްޖެ، ކެޕްޓަންކަންވެސް އޭނާއަށްކުޅިވަރު | މަހެއް ކުރިން