logo
MPL

MPL

ކުޅިވަރު

އީތަން ޒަކީ ނިއުރޭޑިއަންޓްގެ ޔޫތު ޓީމާ ގުޅިއްޖެ، ކެޕްޓަންކަންވެސް އޭނާއަށް

އަބްދުﷲ ޣާނިމް
25 ޖޫން 2026 - 17:46
ފޮޓޯ: ނިއުޜޭޑިއަންޓް
ފޮޓޯ: ނިއުޜޭޑިއަންޓް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރާ ޔޫތު ޗެންޕިއަންޝިޕްގައި ބައިވެރިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓީމަށް، ރާއްޖޭގެ އެންމެ އުއްމީދީ އެއް ފުޓްބޯޅަ ކުޅުންތެރިޔާ އީތަން އިބްރާހިމް ޒަކީ ސޮއިކޮށްފިއެވެ. މި މުބާރާތުގައި ނިއުރޭޑިއަންޓްގެ ޒުވާން ޓީމު މައިދާނަށް ނުކުންނައިރު، ޓީމުގެ ކެޕްޓަންކަން ކުރާނީވެސް އީތަންއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނިއު މިމަހުގެ 28 ވަނަ ދުވަހުގެ ރޭގައނޑު ނިކުންނާނީ އޮށި ސްޕޯރޓްސް ކުލަބާއި ދެކޮޅަށެވެ.

WhatsApp Image 2026-06-25 at 19.52.34.jpeg

މުބާރާޓުގެ ނިއުގެ މެޗުތައް

Ad by Hajj Corporation

Ad by Hajj Corporation

 

އީތަން އަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ޒުވާން ތަރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ އުމުރުން އެންމެ 14 އަހަރާއި 9 މަހުގައި ދިވެހި ޕްރިމިއަރ ލީގުގެ މެޗެއްގައި ލަނޑު ޖަހައި، ލީގު ތާރީހުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ގާއިމުކޮށްފައެވެ. އެ ތާރީޚީ ލަނޑު އޭނާ ކާމިޔާބުކުރީ ކްލަބް ވެލެންސިއާގެ ސީނިއަރ ޓީމަށް ކުޅެމުންނެވެ.

ބައިނަލްއަގުވާމީ މައިދާނުގައިވެސް އީތަން ވަނީ ފާހަގަކޮށްލެވޭ ތަޖުރިބާތަކެއް ހޯދާފައެވެ. އެގޮތުން ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އީއެފް ހުއެސްކާގެ 16 އަހަރުން ދަށުގެ ޓީމަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ކުޅެފައެވެ. މީގެ އިތުރުން، އުމުރުން އެންމެ 17 އަހަރުގައި އީތަން ވަނީ ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުގެ ސްކޮޑުގައި ވެސް ހިމެނިފައެވެ.

މައިގަނޑު ގޮތެއްގައި ފޯވަޑް އަދި ވިންގަރަކަށް ކުޅޭ އީތަންއަކީ ބޯޅަ ގެންގުޅުމާއި ގޯލަށް ނުރައްކާކުރުމުގައި ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

ގިނަ ދުވަސްތަކަކަށްފަހު އައު މެނޭޖްމަންޓަކާއެކު މީގެ އެއް އަހަރު ކުރީން ފުރަތަމަ ޑިވިޝަނަށް ނިކުމެ، މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓުން ވަނީ ކުލަބުގެ ތާރީޚުގައި 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މިއާއެކު އެ ކްލަބުން ވަނީ ޖުމްލަ 50 ތަށި ހަމަކޮށްފައެވެ. ނިއުރޭޑިއަންޓަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ ސަޕޯޓަރުން ތިބި ކްލަބުކަން ފާހަގަކޮށްލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް އެކްޕޯގެ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ހޯދައިފިކުޅިވަރު | 4 ދުވަސް ކުރިންމޯލްޑިވްސް އެކްސްޕޯ 2026 - ބީޗް ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރު ކޮށްފިކުޅިވަރު | 6 ދުވަސް ކުރިންބޮޑުތަފާތަކުން ނިއު މޮޅުވެ، އީގަލްސްގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިކުޅިވަރު | 12 ދުވަސް ކުރިންނިއުރޭޑިއަންޓް ލީގުގައި ޖެހިޖެހިގެން ދެވަނަ މެޗުން އެއްވަރުވެ، އުނދަގޫ ޕޮއިންޓެއްކުޅިވަރު | 20 ދުވަސް ކުރިން